މަޑުއްވަރީގައި މަރުތޭލަކުން ޖަހައި މީހެއްގެ ބޯ ފަޅައިލައިފި

ރ.މަޑުއްވަރީގައި ރޭ ހިނގި މާރާމާރީ އެއްގައި މަރުތޭލަކުން ޖަހާ މީހެއްގެ ބޯ ފަޅާލައިފިއެވެ.
މި ކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އެ ރަށުގައި މާރާމާރީއެއް ހިންގި މައްސަލަ އިއްޔެ ހަވީރު ފުލުހުންނަށް ހުށައަޅާފައި ވާކަމަށާއި އެ މާރާމާރީގައި 40 އަހަރުގެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. ނަމަވެސް އެކަމާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އަނިޔާ ލިބުނު މީހާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށާއި، މިހާރު އޭނާއަށް މަޑުއްވަރީ ސިއްޙީ މަރުކަޒުން ފަރުވާ ދެމުން ދާ ކަމަށެވެ.
މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކުރެވިފައި ނުވި ނަމަވެސް ބަލަންޖެހޭ ކަންތައްތައް ބަލަމުން ދާ ކަމަށް ފުލުހުން ބުންޏެވެ.