ވާހަކަ

މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާރަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
މަގޭ ހާލު ބުނެދެން މިތުރާއޭ... (ޓްރެއިލާރ) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެއްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދެވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތިންވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތަރުވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނުވަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދިހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެގާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސާދަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަނަރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސޯޅަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސަތާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ވިހިވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެކާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައުވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަންސަވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައްބީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަހުބައި)

މޫނުމަތި ހުދުވެގެން ދިޔަގޮތުން ހީވަނީ ބިރެއް ފެނުނީހެނެވެ. ހަށިގަނޑު ތުރުތުރުއަޅައިލުމާއެކު ލީމްއަށް ހިންދިރުވައިލެވުނީ ހަދާނެ ގޮތެއް ނުވިސްނިގެން ކަހަލައެވެ. އޭރު ހަރަކާތެއްވެސް ކޮށްލުމެއްނެތި ސީރިއަސް ނަޒަރަކުން ސީދާ ލީމްގެ މޫނަށް ބަލަހައްޓައިގެން ދާމިން އިނެވެ. އެދެލޮލުން ފައުޅުވަމުންދިޔަ އަސަރުތައްފެނި ލީމްގެ ހިތް ތެޅިގަތީ ޖެހިލުންވީވަރުންނެވެ.

Ads by Hajj Corporation

ހާސްވެފައި ލީމް ބަލަން ހުރި ދިމާއަށް ތާނީ ނަޒަރު ހިންގައިލިއެވެ. އޭނާގެ ލޮލުގައިވެސް ދާމިން އަޅައިގަތީ އެވަގުތުއެވެ. ލައިލައިހުރި ނޭވާވެސް ތާށިވީފަދަ އިހުސާސެއް ތާނީއަށް ކުރެވުނެވެ. ކަންބޮޑުވުމުގެ ނަޒަރަކުން ތާނީއަށް ލީމްއާ ދިމާއަށް ބަލައިލެވުނީ ދެން ހަދާނެ ގޮތަކާމެދުގައި ވިސްނަމުންނެވެ. އަވަސް ހަރަކާތަކާއެކު ހުއްޓުން އަރައިފައިހުރި ލީމް ގާތަށް ޖެހިލަމުން އޭނާގެ އަތުގައި ހިފައި ތާނީ ދަމައިލިއެވެ. ސްޓޭޖުން ފައިބާންވީކަމަށް އޭނާ ބުނެލިއެވެ. ހިންދިރުވައިލި ލީމް މަޑުމަޑުން ބޯޖަހައިލަމުން ތާނީއާ އެކުގައި ހިނގައިގަތެވެ. އެހެނަސް ސްޓޭޖުން ފޭބެންދެން އޭނާގެ ދެލޯ ހުއްޓިފައިވީ ދާމިންގެ ސީރިއަސްކަމުން ފުރިފައިވި މޫނަށެވެ.

ސްޓޭޖުން ފައިބައި މީހުންތަކާ ދުރުވެލުމާއެކު ލީމް ހަށިފުރާ ފުންނޭވާއެއް ދޫކޮށްލިއެވެ. މުޅި ކުއްޖާ ތުރުތުރުއަޅަމުންދިޔައިރު އޭނާގެ ނޭވާ ވީ އަވަސްވެފައެވެ. ޖެހިލުންވެފައި އޭނާ ތާނީއަށް ބަލައިލީ ދެން ހަދާނީ ކިހިނެއްތޯ އަހައިލާފަދަ ނަޒަރަކުންނެވެ. ތާނީވެސް ދެފަރާތަކަށް ބޯހޫރައިލީ ޚުދު އޭނާގެ ސިކުނޑިއަށްވެސް ދެން އިތުރަށް ކަންތައްކުރާނެ ގޮތެއް ނުވިސްނުމުން ކަހަލައެވެ.

"ދާމިންއަށް އަހަރެންގެ ހަގީގަތް އެނގިއްޖެ ތާނީ.. އަހަރެން.. އަހަރެން މޮޔަވެދާނެ.." ދެލޮލަށް ބޮނޑިވެގަތް ކަރުނަތަކާއެކު ލީމް އަތުގެ އިޝާރާތުން ބުނެލިއެވެ. "އަހަރެން އޭރުވެސް ބުނީމެއްނު މިހެން ނުވަނީސް ދާމިންއަށް ހުރިހާ ވާހަކައެއް ކިޔާދޭށޭ.. ލީމް އަށް ކުރެވެނީ ރަނގަޅުކަމެއް ނޫނޭ.. މިހެންވެދާނެތީއޭ އޭރު އެވަރަށް އަހަރެން ލީމް އަށް ވިސްނަދޭން އުޅުނީ.." ހާސްވެފައި ދެފަރާތަށް ހިނގަމުންދިޔަ ތާނީ ހުއްޓެމުން ވާހަކަދެއްކިއެވެ. ތާނީގެ ވާހަކަތަކުން ދެރަވެފައި ލީމް އިސްޖަހައިލިއެވެ. ލޮލުން ކަރުނަތައް ހޯސްލައިފައި ފައިބައިގަތެވެ.

"އެކަމަކު.. ދާމިން މިތަނަށް އައީ ކިހިނެއްބާ.. އާރްގް.. ކުޑަކޮށްވެސް ނޭނގެ ދާމިން އައިސްފާނެ ކަމެއް.. އައި އެމް ސޮރީ ލީމް.. ކުރިން މިހެންވާނެކަން އެނގޭނަމަ އަހަރެން ލީމް ގާތު ސްޓޭޖަށްއަރާ ވާހަކަދައްކަން ނުބުނީމުސް.. އަހަރެން ކުޑަކޮށްވެސް ހިއެއްނުކުރަން މި އިވެންޓަށް އޭނާއަށްވެސް ކޮލެޖުން ދައުވަތު ދީފާނެކަމަކަށް.. މިހާރު ހިތަށް އަރާ ކުރީބައިގަ ގެސްޓް ލިސްޓްވެސް ޗެކް ކޮށްލެވުނު ނަމައޭ.." އެކުވެރިޔާ ރޮމުންދިޔަ މަންޒަރުފެނި ތާނީގެ ހިތަށްވެސް އަސަރުކުރީއެވެ. ލީމްއާ ގާތަށް ޖެހިލަމުން މަޑުމަޑުން ތާނީ ވާހަކަދެއްކީ ލީމްއަށް ހިތްވަރުދޭ ފަދައިންނެވެ. ލީމް އެދޭނަމަ އޭނާ ދާމިންއާ ވާހަކަދައްކަންތޯ ތާނީ އެއްސެވެ. ނަމަވެސް ދެފަރާތަކަށް ބޯހޫރައިލަމުން ލީމް ހިމޭންވެލީއެވެ. ދާމިންއާ ކުރިމަތިލާކަށް އަދި އޭނާ ތައްޔާރެއް ނޫނެވެ. ދާމިން ބުނާނެ އެއްޗެއް ނޭނގި ލީމްގެ ހިތްވީ ޖެހިލުންވެފައެވެ. އޭނާއާ މެދުގައި ދާމިން ވެސް ވިސްނާނީ އެންމެ ނުބައި ގޮތަކޭ ހީވަނީއެވެ. އޭނާ އެހުރީ އެފަދަ ވާހަކަތަކެއް އަޑުއެހޭފަދަ ހާލެއްގައެއް ނޫނެވެ.

ހަފުލާ ނިމެންދެން ލީމް ހުރީ ނެގިމަޑުވެފައެވެ. އެއްވެސް ކަމެއް ކުރާހިތް ނުވެފައެވެ. އޭނާއަށް ވިސްނެމުންދިޔައީ ދާމިން ކަންތައްކުރާނެ ގޮތާ މެދުއެވެ. އިރުއިރުކޮޅުން އަތުގައި އޮތް ފޯނަށް ނަޒަރު ހިންގެމުންދިޔައީ ދާމިންގެ ފަރާތުން މެސެޖެއް ނުވަތަ ކޯލެއް ލިބިދާނެހެން ހީވެއެވެ. ވަގުތު ކުޑަތަން ވަމުން ދިޔަވަރަކަށް ލީމްގެ ހާސްކަންވެސް އައީ އިތުރުވަމުންނެވެ. އެތަނުން ސަލާމަތްވެވުނުހާ އަވަހަށް ދާމިން އޭނާއާ ކުރިމަތިލާނޭ ހީވަނީއެވެ. އިރުއިރުކޮޅުން މެހެމާނުން ތިބެން ހަމަޖެހިފައިވި ހޯލަށް ލީމްގެ ނަޒަރު ދަތުރުކޮށްލައެވެ.

ހަފުލާ ނިމުމާއެކު މަޑުމަޑުން ގްރޫޕް ގްރޫޕަށް މީހުންތައް ހޯލްތެރޭން ނުކުމެގެން ގޮސް މުޅި ހޯލްތެރެ ހިމޭންވިއެވެ. ދެންވެސް ދާމިންގެ ޚަބަރެއްނުވީތީ ލީމް ހައިރާންވިއެވެ. ކަންތައްވީ ގޮތުން އޭނާއާ އެއްގޮތަކަށްވެސް ކުރިމަތިލާން ދާމިން ބޭނުންނުވީބާއޭ ހިތަށް އެރިއެވެ. އެޚިޔާލާއެކު އޭނާގެ ހިތުގައި ރިއްސައިލިއެވެ. ހިތްހަމަޖެހުން ލިބުމުގެ ބަދަލު ލީމްގެ ހިތަށް ތަދުވީއެވެ. ކުރަންހުރި ހުރިހައިކަމެއް ނިމުމުން ދާންވީކަމުގައި ތާނީ އައިސް ބުނެލިއެވެ. ބޯޖަހައިލަމުން ތާނީ ގާތުގައި އަންނާށޭ ބުނުމަށްފަހު ލީމް ހޯލްތެރެއިން ނުކުމެ ކޮލެޖުގެ ގޯތިތެރޭގައި މަޑުކޮށްލިއެވެ. ކުދިންތައް މަދުވެފައިވުމުން އެހިސާބަށްވީ ފަޅުކަން ވެރިވެފައެވެ. ތާނީ ދަބަސް ހިފައިގެން އަންނަންދެން އޭނާގެ އިންތިޒާރުގައި ލީމް ހުއްޓެވެ.

ކުއްލިއަކަށް އޭނާގެ އަތުގައިހިފައި މީހަކު އަނބުރައިލުމުން ސިހިފައި އެދިމާއަށް ލީމް ބަލައިލިއެވެ. ސީދާ އޭނާގެ ދެލޮލަށް ނަޒަރު ހުއްޓައިލައިގެން ހުރި ދާމިން ފެނިފައި ލީމްގެ މޭގަނޑު ހީވީ އަނގައަށް އައި ހެނެވެ. އެދެލޮލުން ފައުޅުވަމުން ދިޔައީ މިއިން ދުވަހަކު ލީމް ނުދެކޭފަދަ އަސަރުތަކެކެވެ. ހިތް އަވަސްވަމުން ދިޔައިރު ނޭވާލުމަށްވެސް އޭނާއަށް ދަތިވިއެވެ. ލީމްގެ އަތުގައި ހިފައި ބާރުކޮށްލައިގެން ދާމިން ހުރީ އޭނާ ސަލާމަތްވެގެން ދިޔަނުދިނުމަށް ކަހަލައެވެ. ބަހެއްވެސް ނުބުނެ ލީމްއަށް ބަލަން ހުރުމަށްފަހު އެއަތުން ދޫކޮށްލަމުން ދާމިން ޖަހައިލީ ހިނިގަނޑެކެވެ. ވާނުވާ ނޭނގިފައި ލީމްއަށް ބުމަގޮށްޖަހައިލެވުނީ ދާމިން ހޭންވީ ސަބަބެއް ނުވިސްނުމުންނެވެ. މިފެންނަނީ ކުޑަކޮށްވެސް އޭނާގެ ފަރާތުން ފެނިދާނެކަމަށް ލީމް ހީކުރިފަދަ އަސަރުތަކެއް ނޫނެވެ.

"ހާދަ ބިރުން.. ލީމްއާ ބައްދަލުކޮށްލާފަ ނޫނީ ދާހިތްނުވެގެން މަޑުކޮށްލީ ހަމަ.. މިރޭ ލީމް ވަކިން ރީތިހެން ހީވޭ.. ދެއްކި ވާހަކަކޮޅުވެސް ވަރަށް ރީތި.. އެކަމަކު.." އެހިސާބަށް ބުނުމަށްފަހު ދާމިން ހިމޭންވެލީއެވެ. ހިންދިރުވައިލި ލީމް ދެއަތްމުށްކަވައި ބާރުކޮށްލިއެވެ.

"ކީއްވެ އިޝާރާތުން ވާހަކަ ދެއްކީ.. އެއީ ޖެއްސި އެކްޓް އެއްތަ.. ލީމްގެ އަޑު އެހާ ރީތިއިރު އިޝާރާތުން ވާހަކަދެއްކި ސަބަބެއް ނުވިސްނުނު.. ހެހެ.. އެނގޭތަ.. ކުޑަ ހިނދުކޮޅަކަށް އަހަރެން ހީކުރީ އަސްލުވެސް ލީމްއަށް ވާހަކަނުދެއްކެނީކަމަށް.. ނޭނގޭނު.. ލީމް އިޝާރާތުން ވާހަކަދައްކާ ނިންމާލީ އެހާ ފަރިތަކޮށްވިއްޔަ.. އަނެއްކާ ހަފުލާގަ ނުކުޅެދޭ ކުއްޖެއް ހުރީތަ.. އެހެންވެދޯ އެގޮތަށް ވާހަކަދެއްކީ.." ލުއި ހުނުމަކާއެކު ދާމިން ބުނެލިއެވެ. ބުނާނެ އެއްޗެއް ނުވިސްނިފައި ލީމް ހުރީ ޖެހިބުދެއްހެން ދާމިންއަށް ބަލާށެވެ. އެވާހަކަތަކުން ދާމިންއަށް ނޭނގުނު ނަމަވެސް އޭނާގެ ހިތުގައި ޖެހިއްޖެއެވެ. އެތަނުގައި ހުރި ނުކުޅެދޭ ކުއްޖަކީ ޚުދު އޭނާކަން ދާމިންއަށް އެނގޭނޭ ނަމައެވެ. އެއީ އޭނާ ޖެއްސި އެކްޓްއެއް ނޫންކަން ވިސްނޭނެނަމައެވެ.

އެސްފިޔަޖަހައިލުމެއްނެތި ދާމިންއަށް ބަލަން ހުރިއިރު ލީމްގެ ދެލޯ ފުރެމުންއައީ ތާޒާ ކަރުނުންނެވެ. އެތަންފެނި ދާމިންގެ ތުންފަތުގައިވި ހިނިތުންވުންވެސް ފަނޑުވެލިއެވެ. ކަންބޮޑުވުމުގެ ނަޒަރަކުން ލީމްއަށް ބަލައިލަމުން އޭނާއާ ގާތަށް ދާމިން ޖެހިލިއެވެ.

"ލީމް.. ކިހިނެއްވީ.. ކީއްވެތި ރޮނީ.." ލީމްގެ އަތުގައި ކުޑަކޮށް ހިފައިލަމުން ދާމިން އަހައިލިއެވެ. ބަހެއްވެސް ނުބުނެ ލީމް އިސްޖަހައިލި ގޮތުން ދާމިންއަށް އެއްޗެއް ވިސްނުނީކަހަލައެވެ. ދެފަރާތަކަށް ބޯހޫރައިލުމާއެކު އޭނާގެ ނިތަށް ރޫތައް ޖަމާވެލިއެވެ.

"ލީމް.. އަހަންނާ ވާހަކަ ދައްކަބަލަ.. ތި ރޮނީ ކީއްވެ.." އަނެއްކާވެސް ދާމިން އަހައިލިއެވެ. މިފަހަރު އޭނާގެ އަޑުގައި ހާސްކަން އެކުލެވިފައިވިއެވެ. ލީމްގެ ފަރާތުން ޖަވާބެއްނުލިބި ފާއިތުވެދާ ކޮންމެ ހިނދުކޮޅެއް އޭނާގެ ހާސްކަން އިތުރުވަމުންދިޔައެވެ. ކެތްތެރިކަން ކުޑަ ގޮތަކަށް އަނެއްކާވެސް ދާމިން ގޮވައިލިއެވެ. ދާމިން ގޮވައިލުމާއެކު ލީމްގެ ރުއިން އިހުނަށްވުރެ ބާރުވެލިކަހަލައެވެ. ލީމް ރޯންވީ ކީއްވެކަމެއް ދާމިންއަކަށް ނުވިސްނުނެވެ. އޭނާއަށް ލީމް ދެރަވާފަދަ އެއްޗެއް ނުބުނެވޭކަން ޔަގީނެވެ. އެހެނަސް ލީމްގެ ހަރަކާތްތައް ހުރިގޮތުން ދާމިންގެ ބޮލުގައި ނުބައި ގޮތަކަށް ރިއްސައިލިއެވެ. ދެލޯބޮޑުކޮށްލަމުން އޭނާ ލީމްގެ މޫނުގައި ހިފައި އުފުލައިލަމުން ގަދަކަމުންކަހަލަ ގޮތަކަށް ހަތަރުކަޅި ހަމަކޮށްލިއެވެ.

"ލީމް.. އަހަރެން ގާތު ދެތަށް ބުނޭ.. މިރޭ.. އެއީ.. އެއީ ލީމް ޖެއްސި އެކްޓެއް ނޫންތަ.. ލީމްއަށް ހަގީގަތުގަވެސް.. އޯ ގޯޑް.. ލީމް އަށް އަސްލުވެސް ވާހަކަ ނުދެއްކެނީތަ.. ކީއްވެ.. ލީމް.. އަހަންނަށް ޖަވާބުދީބަލަ.. އަހަންނާ ވާހަކަދައްކަބަލަ.. މީ ލީމް ކުރާ ނުބާ ސަމާސައެއްދޯ.. ގަސްދުގަ އަހަރެން ހާސްކުރުވަން ބޭނުންވަނީތަ.." ލީމްގެ މޫނުގައި ދެއަތުން ހިފަހައްޓައިލައިގެން ހުރެ ދާމިން ހިތުގައި ފުނިޖެހެމުންދިޔަ ސުވާލުތައް އޮއްސައިލިއެވެ. ކަރުނަވީ ދެލޮލުން ދާމިންއަށް ބަލަން ހުރެ ލަސްލަހުން ލީމް ދެފަރާތަކަށް ބޯހޫރައިލީއެވެ. އިތުރަށް ދާމިންއަށް ކަންކަން ސިއްރުކުރާނެހައި ވަރެއް އޭނާގެ ކިބައިގައި ނެތެވެ. އޭނާއަށް ހަގީގަތް އެނގުމަށްފަހު އަނެއްކާ އޮޅުވައިލާން ލީމް ބޭނުންނުވީއެވެ. އަމިއްލަ ހިތް ހަލާކުވެދިޔަސް ހެޔޮކަމަށެވެ. ލީމްގެ އެހަރަކާތާއެކު ކުއްލިއަކަށް އެމޫނުން ދެއަތް ދޫކޮށްލަމުން ފަހަތަށް ދާމިން ޖެހިލިއެވެ. ނޫނެކޭ ބުނެ އޭނާ އަވަސް އަވަހަށް ބޯހޫރައިލިއެވެ.

"ތީ ތެދެއް ނޫން.. ލީމް.. އަހަންނާ.. އަހަންނާ ފޯނުންވެސް ވާހަކަ ދެއްކީމެއްނު.. ދެން މިހާރު.. ނޫން ނޫން.. ލީމް ދެޓްސް އިނަފް.. އަހަންނާ ވާހަކަދައްކަބަލަ.. އަޑުއެބަ އިވޭތަ.. ތި ސަމާސަ އަހަންނަށް ކަމަކު ނުދޭ.. ތިކަން ހުއްޓާލާފަ އަހަންނާ ވާހަކަދައްކަބަލަ.. ލީމް އެބަ އަޑުއިވޭތަ.. މި ބުނީނު އަހަންނާ ވާހަކަދައްކާށޭ.." މިފަހަރު ދާމިންގެ އަޑުގައި ހިސާބަކަށް ހަރުކަށިކަން އެކުލެވިފައި ވިއެވެ. ލީމްގެ އަމަލުތަކުގައި ސަމާސަގޮތް ނެތަސް ފައުޅުވަމުންދިޔަ ހަގީގަތް ގަބޫލުކުރަން އޭނާގެ ނަފުސު ބޭނުންނުވީއެވެ. އެކަމާ ދެކޮޅުހެދެމުންދިޔައީ އެހެންވެއެވެ. އެހައިބޮޑު އޮޅުވައިލުމެއް ލީމް އޭނާއަށް އޮޅުވައިނުލާނެކަމަށް އަމިއްލަ ނަފުސަށް ވިސްނައިދޭން ދާމިން ބޭނުންވީއެވެ.

"ޑޭމްއިޓް ލީމް.. ޖަސްޓް ޓޯކް މީ.." ހަރަކާތެއްވެސް ކޮށްނުލައި ހުރި ލީމްގެ ދެކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ދާމިން ހަޅޭއްލަވައި ގަތެވެ. އެއާއެކު ލީމްގެ އަނގައިން މަޑު ގިސްލުމެއްގެ އަޑު ބޭރުވެލިއެވެ. ސިކުނޑީގައި އެނބުރިގަތް ޚިޔާލުތައް ދެނެގަތުން ދާމިންއަށްވީ އުނދަގޫކަމަކަށެވެ. ލީމްގެ ގައިން ދޫކޮށްލަމުން އޭނާ ދަތްކުނޑި ވިކައިލިއެވެ. ދާމިންއަށް ބަލައިލަމުން ތުރުތުރުލަމުންދިޔަ ދެއަތްތިލަ އުފުލައިލައި ލީމް ކޮންމެވެސް އެއްޗެކޭ ބުނެލިއެވެ. އެހެނަސް އެބުނި އެއްޗެއް ދާމިންއަކަށް ނޭނގުނެވެ. ބޮލުގައި އަތުން ހިފަހައްޓައިލި ދާމިންގެ މުޅި ނަފުސު ވަށައިލަމުންދިޔައީ ރުޅިވެރިކަމުންނެވެ. އެވަރުގެ ބޮޑު ދޮގެއް ލީމް ހަދަން ޖެހުނީ ކީއްވެހެއްޔެވެ. މިއޮއް ހުރިހައި ދުވަހު އޭނާގެ އިހުސާސުތަކާ އެފަދައިން ކުޅުނީ ކީއްވެހެއްޔެވެ. ލީމްއާ ދިމާވީއްސުރެ މިރެއާ ހަމައަށް ހިނގި ކޮންމެ ހާދިސާއެއް އޭނާގެ ދެލޯކުރިމަތީގައި ސިފަވަމުން އައެވެ. އެއިން އެއްވެސް ފަހަރަކު ލީމް ވާހަކަދެއްކާތީ އޭނާ ނުދެކެއެވެ. މިއަދު އެކަމުގެ ފަހަތުގައިވި ހަގީގީ ސަބަބު އެނގުނުއިރު ދާމިންގެ މުޅި ހިތް ހަލާކުވެއްޖެއެވެ.

"ލީމް އަހަންނަށް އޮޅުވައިލީ.. އަމިއްލަ ހަގީގަތް ސިއްރުކުރީ.. މޮޔައެއް ފަދައިން ލީމްގެ ފަހަތުން ދީވާނެވެގެން އަހަރެން އުޅޭކަން އެނގިހުރެ އަހަރެންގެ އިހުސާސުތަކާ ކުޅުނީ.. އަހަރެންގެ ހިތް ހަލާކުކޮށްލީ.. މީހަކަށް ތިވަރަށް އޮޅުވާލެވޭނީ.. ނޫނޭ ލީމް ވާ މޮޅު.. ކުޑަކޮށްވެސް އަހަންނަށް ޝައްކުވިޔަ ނުދޭ.. މިއޮއް ހުރިހާ ދުވަހު ލީމް ބުނިއްޔާ ބުނި އެއްޗެއް ގަބޫލުކޮށްލައިގެން އަހަރެން ހުރީ.. އެނގޭތަ ކީއްވެކަން.. އަހަރެން ލީމް ދެކެ ލޯބިވާތީ.. ލީމްއަށް ހިތުގެ އަޑިން އިތުބާރުކުރީތީ.. ކުޑަކޮށްވެސް ހިއެއް ނުކުރަން އަހަރެން ކުރި އިތުބާރުގެ ބަދަލު މިފަދަ ގޮތަކަށް ލީމް ދީފާނެއެކޭ.. ތި މައުސޫމު މޫނުގެ ފަހަތުގަ ފޮރުވިފަވީ ބޮޑު މަކަރުވެރިއެއްކަމަށް ހީކުރާނީ ކާކު.. ލިބިފަހުރި މައުސޫމުކަން ބޭނުންކޮށްގެން މީހުންގެ ލޮލުގަ އަނދުއަޅުވަމުންދާ ދޮގުވެރިއެއް ތީ.. އައި.. އައި ޓްރަސްޓެޑް ޔޫ ލީމް.. ހީވެސްނުކޮށް ހުއްޓަ.. މަދު ސުކުންތުކޮޅެއްގެ ތެރޭ އަހަރެން ކުރި އިތުބާރު ވެއްޔާ މޮޑެލީ.. ތި ދަސްކޮށްދިން ފިލާވަޅަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.. ދިސް.. އިޒް އޯވާރ.. އަހަންނަށް ގުޅަންވެސް ނޫނީ މެސެޖް ކުރަންވެސް ހިތަށް ނާރުވާތި.. ތިކަހަލަ ދޮގުވެރިއަކާ އެއްވެސް ގުޅުމެއް ބާއްވާކަށް އަހަރެން ނެތިން.. ޔޫ ހާރޓް މީ ލީމް.. ޔޫ ރިއަލީ ޑިޑް ހާރޓް މީ.." ހިންދިރުވައިލި ދާމިންގެ އަޑު ކުރެހިގެން ދިއުމާއެކު އޭނާ ވާހަކަދެއްކުން ހުއްޓައިލިއެވެ. އަދި ރުޅިވެރި ނަޒަރަކުން ލީމްއަށް ބަލައިލަމުން އޭނާއަށް ފުރަގަސް ދިނުމަށްފަހު ހަލުވި ފިޔަވަޅުތަކެއްގައި އެތަނުން ނުކުންނަން ހުރި ގޭޓާ ދިމާއަށް ހިނގައިގަތެވެ. އެތަންފެނި ދެފަރާތަށް ބޯހޫރައިލަމުން ދާމިންގެ ފަހަތުން ލީމް ދުއްވައިގަތެވެ. އެދިމާއަށް އޭނާ އަތްދިއްކޮށްލި ގޮތުން ދާމިން ގާތުގައި މަޑުކުރުމަށް އެދުނު ކަހަލައެވެ.

(ނުނިމޭ)

Ads by Ooredoo
  1. ފާތު

    ޥަރައް ވަރައް ރީތި މިބައި ޕްލީޒް ލީމްއާ ދާމިން ދުރުނުކުރައްޗޭ