ބާސެލޯނާއިން ކޮވިޑް-19ގެ ޕޮސިޓިވް ކޭހެއް!
ބާސެލޯނާގެ ކުޅުންތެރިއަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ. ނަމަވެސް މި ކުޅުންތެރިޔާ އަކީ ކޮން ކުޅުންތެރިއެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ކޮވިޑް-19 އަށް ފަައްސި ވުމުގެ ސަބަބުން މި ކުޅުންތެރިޔާ މިހާރު ވަނީ ކަރަންޓީނު ކުރެވިފައި ކަމުގައި ބޭރުގެ މީޑިއާ ތަކުން ރިޕޯޓް ކުރެއެވެ.
ބާސެލޯނާގެ 9 ކުޅުންތެރިއަކު މިދިޔަ އަންގާރަ ދުވަހު ކޮވިޑް 19 އަށް ޓެސްޓު ކުރި ކަަމަށާއި އޭގެތެރެއިން އެއް ކުޅުންތެރިއަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށް އެޓީމުގެ އޮފިޝަލް ވެބްސައިޓުގައި ވެސް ވަނީ ހާމަ ކޮށްފައެވެ.
ފައްސިވި ކުޅުންތެރިޔާގެ ފަރާތުން ކޮވިޑުުގެ އަލާމާތްތަކެއް ނުފެންނަ ކަމަށާއި ހާލު ރަނގަޅު ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ. އަދި މިކަން ކަމާބެހޭ ފަރާތްތަކާ ވެސް ވަނީ ހިއްސާކޮށްފައި ކަމުގައި ބާސެލޯނާ އިން ބުނެއެވެ.
މި ކުޅުންތެރިޔާ އާއި ބާސެލޯނާއިން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ނިކުންނަ ޓީމުގެ އެއްވެސް ކުޅުންތެރިއަކާ ކޮންޓެކްޓް ވެފައި ނުވާ ކަމުގައި މައުލޫމާތު ލިބެއެވެ.
އަދި ހަމަ އެހެންމެ މިކަމުގެ ސަބަބުން ޗެމްޕިއަން ލީގުގެ އެއްވެސް މެޗަކަށް އަސަރު ނުކުރާނެ ކަމަށް ވެސް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.