ޑރ. މާލާ އަލީ އަކީ "ފޭކު ޑޮކްޓަރެއް" ކަމަށްބުނެ ސަމާލުވާން ދީނީ ބޭފުޅުން އެދެފި

މަންމަނު މީހުންނަށް ޤުރުއާނުގެ ބަރަކާތުން ފަރުވާދީ ރަނގަޅުކުރާކަމަށް ބުނާ ޑރ. މާލާ އަލީ ކުރުދިސްތާނީ އާމެދު ސަމާލުވުމަށް ބައެއް ދީނީ ބޭފުޅުން އެދިވަޑައިގަންނަވައިފިއެވެ.
ޑރ.މާލާ އަލީ ރާއްޖެ އައިސްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އޭނާ ރާއްޖެ އައިސް ހުރީ ކޮން ރަށެއްގައިކަން ސާފުވެފައިނުވާއިރު އޭނާއާއި މެދު ސަމާލުވުމަށް ރާއްޖޭގައި ދީނީ ކަންކަން ފެތުރުމަށް މަސައްކަތް ކުރައްވާ ފަރާތެއްކަމުގައިވާ އަލީ ރަމީޒު ވަނީ މިއަދު އެދެފައެވެ. މިގޮތުން އޭނާ ކުރި ޓްވީޓެއްގައި ބުނީ އޭނާއާއި މެދު ސަމާލުވުމަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރާކަމަށާއި އޭނާ ރާއްޖޭގައި ކުރާކަމެއް ކަމާ ބެހޭފަރާތްތަކުން ބެލުމަށް އެދޭކަމަށް އޭނާވަނީ އެދެފައެވެ.
އަލީ ރަމީޒް ކުރެއްވި ޓްވީޓް ރީޓްވީޓް ކުރައްވާ އައްޝެއިހް ފަޒްލޫން މުހައްމަދު ވިދާޅުވީ ވަޤުތުން، އެއް ދުވަހުން، އެއް ހަފްތާއިން، މިހެން މުއްދަތެއް ކަނޑައަޅާފައި އެވެނި މިވެނިކަމެއް ރުޤްޔާކޮށްގެން ރަނގަޅުކޮށްދޭކަމަށް މީހަކު ބުނާނަމަ އެމީހެކީ ސިހުރުވެރިއެއްކަމަށް ޔަގީން ކުރެއްވުމަށެވެ.
https://twitter.com/fzlunx/status/1622904900215775233
ޑރ، މާލާގެ ދަނީ އޭނާ ރާއްޖޭގައި ބައެއް މީހުންނަށް ފަރުވާ ދެމުން ދިޔަ ވީޑިއޯތައް ޝޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފައެވެ.
މާލާ އަލީއަކީ ގާނޫނާ ހިލާފަށް މީހުންނަށް ފަރުވާ ދެމުން އަންނަ މީހެކެވެ. އެހެންކަމުން ސައުދީ އަރަބިއްޔާއާއި ތުރުކީން ވަނީ އޭނާ ޑީޕޯޓްކޮށްލާފައެވެ.އޭގެއިތުރުން މާލާގެ އުފަންގައުމު އިރާގުންވެސް އޭނާ ހައްޔަރުކޮށްފައިވާކަން މައުލޫމާތު ލިބެއެވެ.






ކޮމެންޓް