ޚަބަރު ސަރުކާރު

ގަން އެއާރޕޯޓް ތަރައްގީ ކުރަން އިންޑިއާގެ ކުންފުންޏަކަށް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އައްޑޫ ސިޓީ ގަން އެއާރ ޕޯޓް ތަރައްގީ ކުރުމަށް އިންޑިއާގެ ކުންފުންޏެއްކަމުގައިވާ ރެނާޓާސް އާއި ހަވާލުކޮށްފިއެވެ.

Ads by Sosun Fihaara

ގަން އެއާޕޯޓަށް 80 އަހަރު ފުރުމުގެ މުނާސަބަތުގައި ގަމުގައި މިއަދު ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުން ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއަައިއޭ) ކުންފުނީގެ ޗެއާމަން އަޒާން އަހުމަދް ޒުހައިރު ވިދާޅުވީ އެމަޝްރޫއު ރެނާޓަސްއާ ހަވާލުކުރީ މީގެ ދެތިން ހަފްތާ ކުރިންކަމަށާއި އެކުންފުންޏަކީ މިހާރުވެސް ރާއްޖޭގައި އޮޕަރޭޓް ކުރަމުން އަންނަ ކުންފުންޏެއްކަމުގައިވާތީ މިމަޝްރޫއުގެ މަސައްކަތް ލަސްތަކެއް ނުވެ ފެށޭނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

މިމަޝްރޫޢުގެ ދަށުން ޒަމާނީ ފެންވަރަށް ޓާމިނަލް ތަރައްގީކޮށް އިތުރަށް ބޮޑުކޮށް، ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ލައުންޖުތަކުގެ އިތުރުން، އައު ކޮންޓްރޯލް ޓަވަރަކާއި ފަޔަ ސްޓޭޝަނެއް ގާއިމު ކުރެވިގެންދާނެކަމަށާއި އެއާރޕޯޓުގައި ކޯލްޑް ސްޓޯރޭޖަކާ އެކީ ކާގޯ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް، މަގުތައް ހަދައި ޕާކިންގެ އިތުރުން އެއާޕޯޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ތަރައްގީ ކުރާނެކަމަށް އޭއައިއޭ އިން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ގަން އެއާޕޯޓްގެ މަޝްރޫއު ފެށުމަށް ހަވާލުކޮށްފައިވާއި އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއު ތަކަކީ މިސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކޮށްފައެވެ. އަދި އައްޑޫއައީ ރާއްޖޭގެ އިގްތިސާދީ ހަބެއްކަމަށްވެސް އެމަނިކުފާނު ވަނީ ފާހަގަކޮށްފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!