ތުލުސްދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ފައްސިވެއްޖެ

ކ. ތުލުސްދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ފައްސިވެއްޖެއެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް މިރޭ ވިދާޅުވީ ފައްސިވެފައި ވަނީ ތުލުސްދޫގައި ހޯމް ކަރަންޓީންގައި ހުރި 35 އަހަރުގެ ފިރިހެނެއްކަމަށެވެ.
މިމީހާ ފައްސިވެފައިވާކަން އެނގިފައިވަނީ ހޯމް ކަރަންޓީނުން ދޫކޮށްލަން ހެދި ރިލީސް ސާމްޕަލްއިންކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ފައްސިވި އެމީހާ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.