ޚަބަރު ސިޔާސީ

ރައީސް ނަޝީދަށްވެސް އެންމެ ރަނގަޅު ވާނީ އެމްޑީޕީގެ ވެރިކަން އޮތުން: ނިހާދު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު--

މި އޯގާތެރި ސަރުކާރު ދަމަހައްޓަން ޖެހޭ ކަމަށާއި، އެމްޑީޕީ އަށްވެސް އަދި އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދަށްވެސް އެންމެ ރަނގަޅު ވާނީ، އެމްޑީޕީގެ ވެރިކަން ދެމި އޮތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ނިހާދު، ރޭގެ ވަގުތެއްގައި ކުރައްވައިފައިވާ ޓްވީޓެއްގައި ވަނީ އެމްޑީޕީ ރަޖިސްޓްރީ ކޮށްދިނުމަށް އެދި އޭރު ސޮއި ކުރެއްވި ބޭފުޅުންގެ ސިޓީ ހިއްސާ ކުރައްވައިފައެވެ. ލިސްޓުގެ ދެވަނައިގެ، އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާޢީލަށް ފަހުގައި އޮތީ، ރައީސް ޞާލިޙުގެ ނަންފުޅެވެ.

ނިހާދު ވިދާޅުވީ އަނިޔާވެރިކަމަށް އެނބުރި ދިޔުމަކީ ހައްލެއް ނޫން ކަމަށެވެ. އަދި އަމިއްލަ އެދުން އެއްކިބާ ކުރުމަށްފަހުގައި ދީނާ ޤައުމާ ރައްޔިތުންގެ ހައްޤުގައި، މި އޯގާތެރި، މަޑުމައިތިރި، ތަރައްޤީގެ ސަރުކާރު ދަމަހައްޓަން ޖެހޭ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނިހާދު މިހެން ވިދާޅުވިއިރު، އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި، ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ "ފިކުރެއްގެ ދިރުން" ގޮފިތައް ހަދައި، ރައީސް ޞާލިޙާ ވަކިން، އެމްޑީޕީގެ ތެރޭގައި ހަަރަކާތްތައް ހިންގެވުމަށެވެ. މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ލިބިވަޑައިގެންނެވި ނާކާމިޔާބަށްފަހުގައިވެސް، ރައީސް ނަޝީދުގެ ފެކްޝަނުން ނިންމީ، ސަރުކާރާއެކުގައި މަސައްކަތް ނުކުރުމަށެވެ. ރައީސް ނަޝީދު ވިދާޅުވާ ގޮތުން، ރައީސް ޞާލިޙާއެކުގައި، އެމްޑީޕީ އަށް މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބެއް ނުކުރެވޭނެއެވެ.

 

Ads by HDC
  1. ސަމީރު

    ކޮބައިތޯ އެމްޑީޕީގެވެރިކަމެއްކަލޯ

  2. ތައުފީގް

    މޭ6 ގަ ހަމަލާ ގެ ތަހުގީގަށް ހުރަސްއެޅި ސަރުކާރު.

  3. އެއްމެން

    ނަޝީދަކީ މިގައުމުގެ އޮތް ހަމަހިމޭން ހިތްފަސޭހަ ދިރިއުޅުން ހަލާކު ކޮއްލި ވިޔާނުދިޔަ މީހެއް! ނަޝީދަކީ މިބިމުގައި ދެވަނަ ދީނަކަށް ފުރުސަތެއް ނުދޭން ދިވެހީން ގެންގުޅޭ ފިކުރަށް ބުރު އެރުވާލި މީހާ! އަޅަމެން ހައްދަވާ ބޮޑުކުރެއްވި އިލާހު، ނަޝީދައް ތެދުމަގު ދައްކަވާ އޭނަގެ ފަރާތުން ދިވެހީން ނަށް ޖެހެމުންދާ މުސީބާތް ތަކުން ދިވެހީން ސަލާމަތް ކޮށް ދެއްވަވާދޭނވެ!

  4. އައްޑޫގެ މިފަދަ މީހުންނަކީ އަބަދުވެސް އޭރެއްގައި އޮންނަ ސަރުކާރަކަށް ސަނާ ކިޔާއިގެން ދައުލަތުން ފައިދާ ނަގައިގެން އެމީހުން މުއްސަދިވުން އެކަން އެމީހުން ވަރަށް ރަގަޅަށްކުރޭ، އެތިކޮޅެއް ނުލިބޭ މީހާ ހުންނާނީ އިދިކޮޅުގައި !