ޚަބަރު ސަރުކާރު

ކުޑަގިރިއަށް ދާން ބުކިން ހެއްދުމަށް މިއަދު ހުޅުވާލަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކުޑަގިރި ޕިކްނިކް އައިލެންޑަށް ދާން ބުކިން ހެއްދުމުގެ ފުރުސަތު މިއަދު ހަވީރު ހުޅުވާލާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ)އިން މިއަދު ބުނެފި އެެވެ.

Ads by Sosun Fihaara

އަންނަ ހޮނިހިރު ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުމާއި ބެހޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޑީސީގެ ޑިރެކްޓާ މާކެޓިން އެންޑް ސޭލްސް ނިއުޝާދު ޝަރީފް ވިދާޅުވީ މިއަދު ހަވީރު ހަތަރަކުން ފެށިގެން ކުޑަގިރި މޯބައިލް އެޕްލިކޭޝަނާއި ވެބްސައިޓް މެދުވެރިކޮށް ބުކިން ހެދޭނެ ކަމަށެވެ.

ކުޑަގިރިއަށް ދަތުރު ދާން ބޭނުންވާ މީހުންނަށް ބުކިން ހެއްދުމުގެ ފުރުސަތު މިއަދު ހަވީރު 4 ޖަހާއިރު ހުޅުވާލާއިރު ފުރަތަމަ ދުވަހު އެރަށަށް ދެވޭނީ 300 މީހުންނަށް ކަމަށް ނިއުޝާދު ވިދާޅުވިއެވެ. އެހެންނަމަވެސް އޭގެ ފަހުން އެއްފަހަރާ 500 މީހުންނަށް އެރަށަށް އެރޭނެކަމަށް އޭނާ ފާހަގަ ކުރިއެވެ.

ކުޑަގިރީ ފަޅުގައި ތަރައްޤީ ކޮށްފައިވާ ޕިކްނިކް އައިލެންޑް އަށް ދާ ފެރީ ޓިކެޓްގެ އަގަކީ ކޮޅަކަށް 25 ރުފިޔާއެވެ. އަދި ބަންދު ދުވަސްތަކުގައި އެރަށަށް އެރުމަށް އެއްވެސް ފީއެއް ނުނެގިނަމަވެސް އާއްމު ދުވަހެއްގައި އެރަށަށް އަރާނަމަ ބޮލަކަށް 50 ރުފިޔާ ދައްކަންޖެހެއެވެ. އެހެންނަމަވެސް ދެ އަހަރުން ދަށުގެ ކުދިންނާއި 65 އަހަރުން މަތީގެ މީހުންނަށް ކޮންމެ ދުވަހަކު ވެސް ހިލޭ ދެވޭނެކަމަށާއި ބަންދު ނޫން ދުވަސްތަކުގައިވެސް 2-11 އަހަރުގެ ކުދިންނަށް ނެގުމަށް ހަމަޖެހިފައި ވަނީ 25ރ. ގެ ފީއެއްކަމަށް އެޗްޑީސީން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!