އޭޝިއާ ދުނިޔެ

އިންޑޮނޭޝިއާއަށް ވެސް ބިންހެލުމެއް، 4 މީހުން މަރުވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އިންޑޮނޭޝިއާއަށް އައި ބިންހެލުމެއްގައި 4 މީހުން މަރުވެއްޖެއެވެ.

Ads by Sosun Fihaara

ބޭރުގެ ރިޕޯޓްތައް ބުނާގޮތުން އިންޑޮނީޝިއާގެ ޕަޕުއާގެ އުތުރު އައްސޭރިފަށަށް އައި 5.4 މެގްނިޓިއުޑްގެ ބިންހެލުމުގައި ވޯޓާފްރަންޓް ކެފޭއެއް ވެއްޓި، އެތެރޭގައި މީހުން ތާށިވެ، މިހައިތަނަށް ހަތަރު މީހުން ވަނީ މަރުވެފައެވެ. މި ބިންހެލުމުގައި އެސަރަހައްދުގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އިންޑޮނޭޝިއާގެ މީޓިއޮރޮލޮޖީ، ކްލައިމެޓޯލޮޖީ އެންޑް ޖިއޮފިޒިކަލް އެޖެންސީ (ބީއެމްކޭޖީ) އިން ބުނީ މި ބިންހެލުން އައިސްފައިވަނީ މިއަދުގެ މެންދުރު ފަހު އެގައުމުގެ ގަޑިން 1:28 ހާއިރު ޖަޔަޕޫރާ ސިޓީގެ ހުޅަނގު ދެކުނުން 10 ކިލޯމީޓަރު އަޑިން ކަމަށެވެ.  މޫސުމާ ބެހޭ އިދާރާއިން ވަނީ މި ބިންހެލުމަށްފަހު އާފްޓާ ޝޮކްތައް އަންނާނެ ކަމުގެ އިންޒާރު ދީފައެވެ.

ޓެކްޓޯނިކް ޕްލޭޓްތައް ޖެހި ޕެސިފިކް ރިންގް އޮފް ފަޔާގައި އިންޑޮނޭޝިއާ އޮތުމުގެ ސަބަބުން އިންޑޮނޭޝިއާއަށް ގިނައިން ސިސްމިކް އަދި އަލިފާން ފަރުބަދަތައް ގޮވުން ފަދަ ކަންކަން ދިމާވެއެވެ.

އަދި ގިނަ ބިންހެލުންތައްވެސް އާދެއެވެ. މިގޮތުން މި އަަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅުން  ފެށިގެން ޖަޔަޕޫރާގެ ވަށައިގެން 1،079 ބިންހެލުމެއް އައިސްފައިވާއިރު، އެ ސަރަހައްދުގެ ރައްޔިތުންނަށް ގާތްގަނޑަކަށް 132 ބިންހެލުމެއް ވަނީ އިހުސާސް ކުރެވިފައެވެ.

Ads by Ooredoo
  1. ސަހުލާ

    އަސްތަޣުފިރުﷲ…..