Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ބަންގިއަށް އިހްތިރާމްކޮށް ކަރަންގެ ހިމޭންވަގުތުކޮޅު، އެންމެންގެ ތައުރީފް އޮހެނީ!

ބަންގިއަށް އިހްތިރާމްކޮށް ކަރަންގެ ހިމޭންވަގުތުކޮޅު، އެންމެންގެ ތައުރީފް އޮހެނީ!

އިންޑިއާގެ މަޝްހޫރު ތަރި ކަރަން ކުންދުރާގެ ކުރިއަށް އޮތް ޓީވީ ޝޯ "ތޭރޭ އިޝްގް މޭ ގަޔާލް" ލޯންޗް ކުރުމަށް ބޭއްވި ހަފުލާގައި ބަންގި އަށް އިހްތިރާމްކޮށް ޕްރެސް މެދުކަނޑާލައި އަޑުމަޑުކުރުމަށް އެދުމުން އެންމެންގެ ތައުރީފް އޭނާއަށް އޮހެން ފަށައިިފިއެވެ.

މިގޮތުން ކަރަން ކުންދްރާ ވަނީ ބަންގިއަށް މަޑުކުރުމަށް މީޑިއާތަކަށް އަންގާފަ އެވެ. އެވީޑިއޯ މިހާރު ވަނީ ޝޯޝަލް މީޑިއާގައި ވައިރަލް ވެފައެވެ. މިގޮތުން ބަންގި ގޮވަން ފެށުމާއެކު އޭނާ ވަނީ ދެމިނެޓަށް މަޑުކުރުމަށް އެދިފައެވެ.

"މަޑުކޮށްލަމާ. އަޒާން.. އަޒާން.. (ބަންގި)ހަމަ އެންމެ 2 މިނެޓް" ދައުރުވަމުންދާ ވީޑިއޯގައި ކަރަން ބުނެއެވެ.

Advertisement
Allied — Dhen Online (box)

މިއާއެކު މުޅިތަނަށް ވެރިވެގެން ދިޔައީ ހިމޭންކަމެވެ. ދައުރުވަމުން އަންނަ ވީޑިއޯއަށް ގިނަ ބަޔަކު ވަނީ ކަރަންއަށް ތައުރީފުކޮށް ކޮމެންޓް ކުރަމުންނެވެ.

ކަރަން އަކީ ހިންދީ ސީރީޒްތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ފަންނާނެކެވެ. އޭނާގެ ފާހަގަކޮށްލެވޭ ސީރީޒްތަކުގެ ތެރޭގައި "ޔޭ ކަހާ އާގައޭ ހަމް"، "ދިލް ހީ ތޯ ހޭ" އަދި އޭނާ އަކީ "ޕިޔާރު ތޫނޭ ކިޔާ ކިޔާ" ހުށައަޅައި ދިނުމުގައިވެސް ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދައިފައިވާ ފަންނާނެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް