ތުރުކީ ބިންހެލުން: ރެޑް ކްރެސެންޓުން ހުޅުވާލި ފަންޑަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ

ތުރުކީ އާއި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓުން ހުޅުވާލި ފަންޑަށް 1 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
ރެޑް ކްރެސެންޓުން ބުނީ ތުރުކީ އާއި ސީރިޔާގައި ހާލުގައި ޖެހިފައިތިބީ މީހުންނަށް އެހީވުމަށް ފައިސާ ޖަމާކުރަން ހުޅުވާލި ފަންޑުން އިއްޔެގެ ނިޔަލަށް 1،227،632.86 ރުފިޔާ ލިބިފައިވާ ކަމަށެވެ.
https://twitter.com/maldivianrc/status/1624438318418243585?s=46&t=xB6wRq-KioNxTfhdJd6-zA
މިފަންޑަށް ފައިސާ ޖަމާކުރުމުގެ ފުރުސަތު މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސްއާއި އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ރެޑްކްރެސެންޓުގެ ދިވެހި ފައިސާގެ އެކައުންޓާއި ޑޮލަރު އެކައުންޓަށް ފައިސާ ޖަމާކުރެވޭނެއެވެ.
ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް:
ބީއެމްއެލް
- ދިވެހި ފައިސާ އެކައުންޓް :7701176022001
- ޑޮލަރު އެކައުންޓް: 7701176022002
އިސްލާމިކް ބޭންކް
- ދިވެހި ފައިސާ އެކައުންޓް: 99010155500036100
- ޑޮލަރު އެކައުންޓް: 99010155500036200






ކޮމެންޓް