Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

"ގްރީން ޕާޓީ އޮފް މޯލްޑިވްސް" އުފެއްދުމަށް ޖާބިރަށް ހުއްދަ ދީފި

"ގްރީން ޕާޓީ އޮފް މޯލްޑިވްސް" އުފެއްދުމަށް ޖާބިރަށް ހުއްދަ ދީފި

"ގްރީން ޕާޓީ އޮފް މޯލްޑިވްސް" ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް އިލެކްޝަން ކޮމިޝަނުން ހުއްދަ ދީފިއެވެ.

އީސީން މިއަދު ވިދާޅުވީ "ގްރީން ޕާޓީ އޮފް މޯލްޑިވްސް"ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ހ.ތިމާވެށި އަބްދު ﷲ ޖާބިރަށް ހުއްދަ ދީފައިވާކަމަށެވެ.

https://twitter.com/ElectionsMv/status/1625026346329194497

Advertisement
Allied Insurance — Square (box)

ޕާޓީއެއް އުފެއްދުމަށް ޖާބިރަށް ހުއްދަ ދީފައި މިވަނީ އޭނާ އެންމެފަހުން ހުރި ޕާޓީ ކަމުގައިވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (ޑީއާރުޕީ) އުވާލުމަށް އީސީ އިން ނިންމާފައިވަނިކޮށެވެ.

ޑީއާރުޕީގެ ލީޑަރޝިޕާއި ޖާބިރު ހަވާލުވެފައިވަނީ 2019 ވަނަ އަހަރުއެވެ. މެމްބަރުން ހަމަނުވެ ޕާޓީ އުވާލަން އީސީއިން ނިންމުމުން ޖާބިރުވަނީ އެމައްސަލަ ކޯޓަށް ހުށައަޅާފައެވެ. އެހެންނަމަވެސް އެމައްސަލަ ކޯޓުން ބަލައިގަނެފައެއް ނުވެއެވެ.

އޭނާވަނީ އެޕާޓީގެ ލީޑަރުކަމާއި ހަވާލުވެ ވަޑައިގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށްވެސް ކުރިން ވިދާޅުވެފައެވެ.

އެހެންނަމަވެސް އެޕާޓީން އިސްތިއުފާދެއްވުމަށް ފަހު އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ޖާބިރަށް ދީފައިވާއިރު އޭނާ ކުރިންވެސް ވަނީ އާ ޕާޓީއެއް އުފައްދާނެ ކަމަށް ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް