ޚަބަރު ސިޔާސީ

ރައީސަށް ޓިކެޓު ހަވާލު ކުރާ ޖަލްސާގައި 10،000 މީހުން ބައިވެރިވާނެ: މަވޯޓާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ރިޔާސީ ޓިކެޓު އަރުވާ ޖަލްސާގައި 10،000 މީހުން ބައިވެރިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް ޞާލިޙަށް ޓިކެޓް ހަވާލުކުރުމަށް ބާއްވާ ޖަލްސާ އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭގައެވެ.

މި ޖަލްސާއާ ގުޅޭގޮތުން ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޖަލްސާ، ފިސާރި ބޮޑު ޖަލްސާއަކަށް ވާނެ ކަމަށެވެ.

"ދިހަހާސް މީހުން ޖަލްސާގައި ބައިވެރިވާނެ ކަމަށް އަންދާޒާ ކުރެވޭ." މަވޯޓާ ވިދާޅުވިއެވެ.

އޭނަ ވިދާޅުވީ ޕްރައިމަރީން ބަލިވެވަޑައިގަތުމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަކި ފެކްޝަނަކަށް މަސައްކަތް ކުރެއްވިޔަސް އެމްޑީޕީ އޮންނާނީ ގަދަކޮށް ދިރިދިރި ކަމަށެވެ.

ރައީސާ ވާދަކޮށް ބޮޑު ތަފާތަކުން ބަލިވެވަޑައިގެން ރިޔާސީ ޓިކެޓް ގެއްލިވަޑައިގަތުމުން ރައީސް ނަޝީދު ގެންދަވަނީ "ފިކުރެއްގެ ދިރުން" ގެ ނަމުގައި ޕާޓީ ތެރޭގައި ވަކި ސިޔާސީ ހަރަކާތެއް ހިންގަވަން މަސައްކަތް ކުރައްވަމުންނެވެ.

އެމްޑީޕީގެ ޕްރައިމަރީން ރައީސް ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 38.90 އިންސައްތައެެވެ. ރައީސަށް ލިބިވަޑައިގަަތީ 24،566 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 61.10 އިންސައްތައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!