ޚަބަރު ސިޔާސީ

ރައީސް ޞާލިޙަށް ތާއީދު ކުރައްވާކަން ހާމަކުރެއްވުމުން، ޖޭޕީގެ ބަހުގެ ހަމަލާއެއް ނައިބު ރައީސް ފައިސަލްއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖުމްހޫރީ ޕާޓީން ވަކި ގޮތެއް ނުނިންމަނީސް، އެހެން ކެންޑިޑޭޓަކަށް ތާއީދު ކުރާނަަމަ، އެންމެ ރަނގަޅު ގޮތަކީ ޕާޓީން ވަކިވުން ކަަމަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އެޑްވައިޒަރު އިލްހާމް އަޙްމަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އިލްހާމް މިހެން ވިދާޅުވީ ޖޭޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އޭނާ މިހެން ވިދާޅުވިއިރު، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ތާއީދު ކުރައްވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ކަން ނައިބު ރައީސް ފައިސަލް ނަސީމާއި ޤާސިމްގެ އެޑްވައިޒަރު، އަދި އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމްވެސް ވަނީ  ހާމަ ކުރައްވައިފައެވެ.

އިބު ރައީސް ފައިސަލާއި އެ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރު ޢާޒިމް ވެސް ރައީސް ޞާލިޙު ދެ ވަނަ ދައުރަކަށް ތާއީދު ކުރައްވާކަން ނޫސްތަކުގައި ހާމަކުރައްވަމުން ގެންދަވާ ކަަމަށާއި، ނަމަވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް އެ ބޭފުޅުންގެ ތާއީދު އޮތްކަން ހާމަކުރައްވަމުން ގެންދަވަނީ ޖުމްހޫރީ ޕާޓީން އިސްތިއުފާ ނުދެއްވައި ކަަމަށް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވި ގޮތުގައި އެ ދެ ބޭފުޅުން ވެސް އެ ވިސްނެވުމުގައި ކުރިއަށް ވަޑައިގަންނަވާ ނަމަ އެންމެ ރަނގަޅު ގޮތަކީ ޖުމްހޫރީ ޕާޓީ ދޫކޮށްލެއްވުމެވެ. އަދި އިސްތިއުފާ ދެއްވުމަށްފަހުގައި އެކަމުގައި ކުރިއަށް ވަޑައިގަތުމަކީ އެންމެ ރީތި ގޮތް ކަމަށްވެސް ވިދާޅުވިއެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް ނުކުންނާނީ ކޯލިޝަނާއެކުގައި ކަމަށް ރައީސް ޞާލިޙު މީގެ ކުރިން ވިދާޅުވިއިރު، އެ މަނިކުފާނު ވަނީ ކޯލިޝަނުގެ ބައިވެރިންގެ ތާއީދުވެސް އެ މަނިކުފާނަށް އޮތް ކަމަށް ޤަބޫލު ކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!