ރައީސް ޔާމީނަށް ކުރި ހުކުމަށްވުރެ ހަލާލް ހުކުމެއް މިރާއްޖޭގެ ތާރީހުގައިވެސް ނުކުރާކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
"މިއަދު އަޅުގަނޑުމެންނަށް އެންމެ ބާރަށް އިވޭ ވާހަކައަކީ ރައީސް ޔާމީނަށް ކުރި ހަރާމް ހުކުމެއްގެ ވާހަކަ. ބައްލަވާ ނިކަމެތި މީހާ ރިހާކުރުފުޅިއެއް ވަގަށް ނެގީމަ އެކަންޏެއް ނޫން އިނގޭތޯ ޖަލަށް ލާން ޖެހެނީ ގައުމުގެ ވެރިޔާ ރައްޔިތުންގެ ފައިސާ އަށް ރައްކާތެރިވާނެކަމަށް ހުވާކޮށްގެން ވެރިކަމަށް އަންނަ މީހާ ވައްކަން ކުރީމަ އެންމެ ފުރަތަމަ ޖަލަށް ލާންޖެހެނީ ހަމައެމީހާ އޭގެ ފަހުން ދެން ކުދި ވަގުންތައް ހޯދާނީ" ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓުގައި 100 މިލިއަން ރުފިޔާ އޮވެމެ ކޯޓަކުން ވައްކަން ސާބިތުވެގެން ރައީސް ޔާމީން ޖަލަށް ލީމަ ހަރާން ހުކުމެކޭ ގޮވުމަކީ ބޮޑު ޖޯކެއްކަމަށެވެ. އަދި މިހުކުމް ހަރާމް ވާނެ އެއްވެސް ގޮތެއް ނުވިސްނޭކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"ރައީސް ޔާމީންގެ އެކައުންޓުގައި 100 މިލިއަން ރުފިޔާ އޮވެމެ ކޯޓަކުން ވައްކަން ސާބިތުވެގެން ރައީސް ޔާމީން ޖަލަށް ލީމަ މިގޮވަނީ ހަރާން ހުކުމެކޭ ވަޓް އަ ޖޯކް އޭ އަޅުގަނޑަށް ދެންނެވޭނީ ބައްލަވާ މިއައްވުރެ ހަލާލު ހުކުމެއް މިރާއްޖޭގެ ތާރީހުގައިވެސް ނުކުރޭ. ލަދެއް ނެތި ބިރެއްނެތި ޖެހިލުމެއްނެތި ތިމަންނާ މެންބަރުން ގަންނަން ލާރި ދިނީމޭ ކަޅު ދަބަހަށް ފައިސާ އަޅައިގެން ގެއަށް ވެއްދީމޭ ވައްކަން ކުރިއަށް މިއޮތީ ތަރައްގީ ގެނެސްފައޭ ބުނި މީހަކަށް ކުރި ހުކުމެއް ހަރާމްވާނެ ގޮތެއް އަޅުގަނޑަކަށް ނުފެނޭ" ރޮަޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ ރައީސް ޔާމީނަށް ކުރި ހުކުމާމެދު ޕީޕީއެމް މީހުންވެސް މިއަދު މާ ހާސްވެގެން ނޫޅޭކަމަށެވެ. އަދި މީގެ ކުރީގައި ރައީސް ޔާމީން ޖަލަށް ލީމައިވެސް މާހާސްވެގެން މަގުމައްޗައް ނުކުމެގެން އުޅުނުތައް ނުފެންނަކަމަށް ރޮޒައިނާ ފާހަގަކުރިއެވެ. އަދި މިހާރު އިދިކޮޅުން ހިނގާ ހަރަކާތްތަކަކީ އިންތިހާބު ކައިރިވެފައިވާތީ ޕާޓީގެ ރޫހު އާލާކޮށްލުމަށް ހިންގާ ހަރަކާތްތަކެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރައީސްޔާމިނައް ކުރިވަރައްވުރެ ބޮއޑުހަލާލުހުކުމެއް
ރޮޒެޭނާގެ ދެމަފިރިކއބަލުއްނައްކުރަންޖެހޭ ދޮއްތޮ
އެމްއެމްްޕީއާރުސީގެ ލާރިބޭނުންރީ މަދަކުނެއްނޫން
ދިވެހިރައްޔިތުންގެެ ފައިސާާ އާއިި މުދަލާާ ތަކެތިވަރައްގިނަަ އަދަދަކައްް ރޮޒައިނާއައްދީފިކަމައްް މިއަދުު މުޅިރާއްޖޭގެެ ރައްޔިތުންް ގަބޫލްކުރޭޭ
ރައީސްމައުމޫނުވެރިކަމުގަަ މާފަންނުކޮޅުންް ގޯއްޗެއްހޯދިގޮތާއިި އެގޯބޭނުންކުރަމުންް ސްޓެލްކޯކައިންް ގޯތިހޯދިގޮގާއިި ދެގޯތިި ބޭނުންކުރާތީި އިންސާފުހޯދަންް ބަޔަމުމަސައްކަތްމަސައްކަތްކުރީީމާާ ރޮޒައިނާއާތިއާއިލާއިންް އުޅުނުގޮތާއިި މިހާރުު ރޮޒައިނާގެެ ދެެމަފިރިންނައްް މާލެއަތުހުރާއިންހޯދައިގެންތިއުޅޭޭ ރިސޯޓާާ އަދިވެސް އިތުރުރިސޯޓާާ ހުޅުމާލެއިންް ހޯދިގޯތިތަކާެއިި މިހެންގޮއްސަަ އެތަކެއްބައިވަރުު ނުހައްގުންް ހޯދީމާާ އެއީތޯއާއްމުރައްޔިތުންް ރޮޒައިނާދައްކާހާވާހަކަަ ގަބޫލްކުރަންޖެހޭކަމަކީީ
ހަރާމެން ހަލާލެއް އެގޭބައެއްނޫތީ އަދި ހަރާމް ހަލާލު ބަލާބައެއްވެސްނޫ ގެންގުޅެނީ ވަލުޖަނަވާރުންގެއުސޫލު
މީހާގެ އައުރަ ނިވާކޮށްބަލަ ފުރަތަމަ މީހުނަނަށް ތިމާގެ އަމިލަ އައުރަ ދެއްކޭއިރުވެސް ނޭންގޭ ފުރަތަމަ
ޜޮޒެއިނާ ކަލޭ ހަމަ ނޭވާ ނުލެވިގެންތަ ތިއުޅެނީ ރ ޔާމީނާހެދި ހާދަހާވާ ބިރުވެރި މީހެކޭ ކަލޭތީ ފުރަތަމަ ޢައުރަ ނިވާކޮށްބަލަ ޅިނދު ކަށިގަނޑު ފެންނަވަރު ކޮއްގެން އުޅުނަށްކަމަކު ބަލާނެ ބަޔަކު ނެތޭ