ހިޔާ ފްލެޓުތަކުގައި ފަޔާ އިވެކުއޭޝަން ބޯޑުތައް ހަރުކުރަނީ

ހިޔާ ފްލެޓުތަކުގައި ފަޔާ އިވެކިއޭޝަން ސައިނޭޖް ބޯޑުތައް ހަރު ކުރަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިޔާ ޓަވަރުތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ހާލަތެއްގައި އަމަލުކުރަންވީ ގޮތުގެ އިރުޝާދު ދައްކުވައިދޭ ފަޔަރ އިވެކުއޭޝަން ސައިނޭޓް ބޯޑުތައް ހަރުކުރުމުގެ މަސައްކަތް މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ކުރިޔަށް ގެންދާ ކަމަށެވެ.
އަދި މި މަސައްކަތުގައި ސައިނޭޖް ބޯޑު ހަރުކުރުމަށް ހަމަޖެހިފައި ވަނީ ހިޔާ ޓަވަރުތަކުގެ އާންމު ބައިތަކުގައި ކަމަށާއި، މި މަސައްކަތުގެ ތެރެއިން ހަރުކުރާ ސައިނޭޖް ބޯޑުތަކުން، ހިޔާ ޓަވަރުގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފިނަމަ، ރައްކާތެރި ތަނަކަށް ދިއުމުގައި އަމަލު ކުރަންވި ގޮތް ދައްކުވައިދޭނެ ކަމަށެވެ.
މީގެ އިތުރުން މި މަސައްކަތް ކުރިއަށް ގެންދާއިރު، ހިޔާ ޓަވަރުގައި ދިރިއުޅެމުންދާ މީހުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މާފަށް އެދޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެ ކުންފުނިން ވަނީ ހިޔާ ޓަވަރުގައި ދިރިއުޅޭ މީހުން ދެމުން އަންނަ އެއްބާރުލުމަށް ވެސް ޝުކުރު އަދާކޮށްފައެވެ.