އެމްޑީއޭއިން ރައީސް ޞާލިހާށް ތާއިދު ކުރަން ނިންމި ނިންމުމަށް ރައީސް މަރުހަބާ ކިޔުއްވައިފި
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން އެމްޑީޕީއާއެކު ކޯލިޝަނުން ހެދުމަށް ނިންމި ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މަރުހަބާ ދަންނަވައިފިއެވެ.
ރައީސް މިރޭ ވިދާޅުވީ މަސައްކަތްކުރާނީ ދިވެހިރާއްޖޭގެ ހަމަޖެހުމާ ތަރައްޤީއާ ކުރިއެރުމަށް އަޅުގަނޑުމެން ފެށި ދަތުރު މަޑުނުޖެހި ކުރިއަށް ގެންދިޔުމަށްކަމަށެވެ.
އެމްޑީއޭއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ދިވެހި ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ދިވެހި ރާއްޖޭގެ ސިޔާސީ ހަމަޖެހުން ޤާއިމުކުރުމަށްޓަކައި އެމްޑީއޭގެ ކައުންސިލް ބައްދަލުވުމުން ރައީސް ޞާލިހަށް އިތުރު ދައުރެއް ދިނުމަށް މަސައްކަތް ކޮށްދިނުމަށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމާފައިވާ ކަމަށެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީއޭއިން ރައީސް ޞާލިހަށް ތާއިދު ކުރާކަން ހާމަކޮށްފައިވާއިރު އަދާލަތު ޕާޓީއިންވެސް ވަނީ މި އިންތިހާބުގައި ރައީސް ޞާލިހަށް ތާއިދުކުރަން ނިންމައިފައިކަން ފާހަގަކޮށްލެވެއެވެ.