ރިޕޯޓް މީހުން

އައްމަޑޭ: ދެކޭ ހުވަފެންތައް ތަސްވީރުކުރަނީ ނަގާ ފޮޓޯ ތަކުން

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ރ. އަލިފުށްޓަށް އުފަން އަޙުމަދު ސަޢީދު (އައްމަޑޭ) މިއަދު ގެ ޒުވާނުންނަށް ނަމޫނާ އަދި ފޮޓޯ ގުރަފީގައި ރާއްޖޭގެ އެންމެ އުހުގައި ފިޔަ ޖަހަމުން އަންނަ ޒުވާން ފަންނާނެކެވެ.

Ads by STELCO

ދެން އާއި ވާހަކަ ދައްކަމުން އަޙުމަދު ސައީދު ބުނެފައިވަނީ އޭނާ އެންމެ ކުޑަ އިރުން ފެށިގެން ވެސް ފޮޓޯ ނަގަން ޝައުގު ހުންނަ ކަމަށާއި، އެންމެ ފުރަތަމަ ފޮޓޯ ނެގުމަށްޓަކައި އޭނާ ބޭނުން ކުރަމުން އައީ މޮބައިލް ފޯނެއް ކަމަށެވެ. އަދި އޭނާ އާންމު ގޮތެއްގައި ނަގާ އުޅެނީ ގުދުރަތީ ރީތި މަންޒަރުތައް ކަމަށާއި، އެންމެ ގިނައިން ނެގިފައި ހުންނާނީ ރާޅު އަދި އިރުއޮއްސޭ މަންޒަރުގެ ފޮޓޯ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

View this post on Instagram

s p l a s h

A post shared by ނޯ (@anmadephotos) on

 

މިދާއިރާގައި އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އަޙުމަދު ސައީދު ފާހަގަ ކުރަނީ އެއްވެސް މީހަކު ކުރާ މަސައްކަތް ބަލައިނުގަތުމެވެ. މުޖުތަމައުން ދެކެނީ ފޮޓޯ ނެގުމަކީ އެއްވެސް ކަހަލަ ކުރިއެރުމެއް ނެތް ކަމެއް ކަމަށް އައްމަޑޭ ފާހަގަ ކުރިއެވެ. އެހެންނަމަވެސް އަހުމަދު ސަޢީދު ބުނީ އެއީ ގިނަ ބަޔަކަށް ކުރެވޭ ކުށް ހީ އެއް ކަމަށެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި ރިސޯޓު ފޮޓޯގުރަފީ އާއި ފޮޓޯ ޖާނަލިޒަމް އަކީ ވެސް ހަމަ އެ ދާއިރާއިން ކުރިއަށް ދެވެން ހުރި ކަންކަމެވެ. އަދި މުޖުތަމައު މިފަދަ ގޮތަކަށް ބެލުން އޭނާ ވަރަށް ބޮޑު ޗެލެންޖެއްގޮތުގައި ދެކޭ ކަމަށް ވެސް ދެން އާއި ވާހަކަ ދައްކަމުން އޭނާ ވަނީ ބުނެފައެވެ.

ހަމައެއާއިއެކު އަހުމަދު ސައީދު ބުނެފައިވަނީ އޭނާ ނަގައިފައިވާ އެއްވެސް ފޮޓޯއަކަށް އެއްވެސް ކަހަލަ ނޭދެވޭ ފާޑުކިޔުމެއް ނާންނަ ކަމަށާއި، އެންމެންގެ ވެސް ތައުރީފު ލިބޭ ކަމަށެވެ. އަދި ހަމައެއާއިއެކު އޭނާ މިދާއިރާއިން ދުރަށް ދާން ނުވިސްނާ ކަމަށާއި، މި ދާއިރާގައި ގާތް ރަހުމަތްތެރިންގެ އެއްބާރުލުމާއި އެހީ ވެސް ލިބޭ ކަމަށް ފާހަގަ ކުރިއެވެ. އަދި އެންމެ ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށް ފާހަގަ ކޮށް އަޙުމަދު ސައީދުގެ ގާތް ރައްޓެއްސެއް ކަމަށްވާ ޝިނާން ގެ ނަން ފާހަގަ ކޮށް އޭނައަށް ވަނީ ޝުކުރު އަދާ ކޮށްފައެވެ.

އަހުމަދު ސައީދަކީ އާންމު ކޮށް ގުދުރަތީ މަންޒަރުތައް ނެގުމަށް ޝައުގު ހުންނަ މީހެއް ނަމަވެސް ވަރަށް ގާތް ފަރާތްތަކަށް ޕޯޓްރެއިޓް ފޮޓޯ ނަގައިދޭ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އަދި މިކަން އޭނާ ކުރަނީ އެއްވެސް އުޖޫރައަކަށް ނޫން ކަމަށާއި، އޭނާގެ ރައްޓެހިންނަށް ހެޔޮ ހިތުން ކޮށްދޭ ކަމެއް ކަމަށް އޭނާ ވަނީ ދެން އަށް މައުލޫމާތު ދީފައެވެ.

މީގެ ކުރިން އެއްވެސް މޮޑެލް އަކާއި އެއްކޮށް މަސައްކަތް ނުކުރާ ކަމަށާއި އެހެން ނަމަވެސް ކުރިއަށް އޮތްތާ މޮޑެލް އަކާއި އެއްކޮށް ފޮޓޯ ނެގުމުގެ ފުރުސަތު ލިބިއްޖެނަމަ އެ ފުރުސަތެއްގެ ބޭނުން ހިފާނޭ ކަމަށްވެސް އޭނާ ވަނީ ދެން އަށް މައުލޫމާތު ދީފައެވެ. އަދި އެހެން ފޮޓޯގުރާފަރުންނާއިއެކު ފޮޓޯ ނަގަން ވަރަށް ބޭނުން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އޭނާ އަށް ލިބުނު އެންމެ ބޮޑު ފުރުސަތަކީ ރިސޯޓެއްގައި ފޮޓޯގުރާފަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ކަމަށާއި، އެހެންނަމަވެސް އެ ފުރުސަތު އޭނާ ދޫކޮށްލީ އެދުވަސްވަރު އޭނާ މަތީ ސާނަވީ ތައުލީމު ހާސިލް ކުރަމުން ދާތީ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އަދި އޭނާ މީގެ ކުރިން ސަން އެމްވީ ގައި ފޮޓޯޖާނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އޭނާ ދެކޭ ގޮތުގައި އޭނާ އަށް ލިބުން ވަރަށް ބޮޑު ކާމިޔާބީ އެއް ކަމަށް ފާހަގަ ކުރިއެވެ. އަދި އަހުމަދު ސައީދުގެ ފޭސްބުކް ޕޭޖަށް 5000 ފޮލޯވަރުން ލިބުމާއި އޭނާގެ ފީޗާއެއް އޮންލައިން ނޫސްދޯއިން ނެރުމަކީ ވެސް އޭނާއަށް މިދާއިރާގައި ލިބުން ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

އަހުމަދު ސައީދު ބުނީ، މިދާއިރާއިން އިތުރަށް ކުރިއަށް ދާން ބޭނުންވާ ކަމަށާއި، މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް އޭނާ ގެ ފުރިހަމައެއްބާރުލުމާއި އެހީތެރިކަން ވެސް ދޭނެ ކަމަށެވެ.

ދެން އެމްވީ ގެ ފަރާތުން އަހުމަދު ސައީދަށް ކާމިޔާބީއާއި ފާގަތި މުސްތަޤުބަލަކަށް އެދެމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!