ވާހަކަ

މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތާވީސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
މަގޭ ހާލު ބުނެދެން މިތުރާއޭ... (ޓްރެއިލާރ) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެއްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދެވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތިންވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތަރުވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނުވަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދިހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެގާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސާދަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަނަރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސޯޅަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސަތާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ވިހިވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެކާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައުވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަންސަވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައްބީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަހުބައި)

"އާޒް.. ކިހިނެއް.. ކޮ..ކޮންއިރަކު.." ދެވަނަ ފަހަރަށް މެހެރީންގެ ނަމުން އާރިޒް ގޮވައިލުމުން އޭނާ މަޑުމަޑުން އަހައިލިއެވެ. އެއަޑު އިވިފައި އާރިޒް ބަދަލުކޮށްލީ ލުއި ހިނިތުންވުމެކެވެ. މެހެރީނަށް ހުރިހައި ކަމެއް އޭނާ އޮޅުންފިލުވައިދިނެވެ. އެކަން ސިއްރުކުރީ މެހެރީނަށް ސަޕްރައިޒްއެއް ދިނުމަށްކަމަށް ބުނެލިއެވެ. އެއާއެކު ކަރުނުން ފުރެމުންދިޔަ ލޮލުގެ ފުސްކަމުގެ ތެރެއިން އާރިޒްގެ ސޫރައަށް ބަލަން އޮތް މެހެރީން ހީނލިއެވެ. އެހިނދު ކުޑަ ކަރުނަތިއްކެތް އޭނާގެ ކޯތާފަތް ވެއްޓުނެވެ. އެތަންފެނި މެހެރީނާ ދިމާއަށް ކުޑަކޮށް ގުދުވެލަމުން އެކަރުނަ ތިކި އަތުގެ ނުފުށުން އާރިޒް ފުހެލީ ނުހަނު އޯގާތެރިކަމާއެކުއެވެ. އަދި ދެފަރާތަކަށް އޭނާ ބޯހޫރައިލީ ނުރޯށޭ ބުނެލާފަދަ ގޮތަކަށެވެ.

Ads by Hajj Corporation

"އަހަންނަށް މަޢާފުކުރޭ.. އަހަރެން އަންނަން ބޭނުންވި.. އެކަމަކު.." އެހިސާބަށް ބުނުމަށްފަހު މެހެރީން ހިމޭންވެލީއެވެ. އިތުރަށް މެހެރީން ލައްވާ އެވާހަކަތައް ދައްކާކަށް އާރިޒް ވެސް ނޫޅުނެވެ. އެކަމުން މެހެރީންގެ ހިތަށް ކޮށްފައިވި ފުން އަސަރު އޭނާއަށް އިހުސާސުކުރެވެއެވެ.

"އެއީ މައްސަލައެއް ނޫން.. ދެން އެކަމާ ނުވިސްނާ.." ހިނިތުންވެލަމުން އާރިޒް ބުނެލިއެވެ. ކުޑަކުޑަކޮށް ބޯޖަހައިލަމުން މެހެރީން ވެސް ހީނލިއެވެ.

"އާޒް.. ވާހަކައެއް އަހާލަންތަ.." ފަނޑުއަލިކަމުގެ ތެރެއިން އާރިޒްގެ މޫނަށް ބަލަން އޮވެ މެހެރީން އަހައިލިއެވެ.

"އަހަރެން ގާތުން ހުއްދަ ނުހޯދިއަސް މެހެރް ބޭނުން ކޮންމެ ވާހަކައެއްވެސް އެހޭނެ.."

"އާޒް ވެސް ދެން އަހަރެން ދޫކޮށްލާފަ ދާނީތަ.. މިބުނީ.. މިހާރު އާޒް ރަނގަޅުވީމަ.. ދެން އެހެން ގެއަކަށް.. ބަދަލުވާނީހޭ.." ހިސާބަކަށް ޖެހިލުންވެފައި އޮވެ މެހެރީން އެއްސެވެ. އޭނާގެ އަޑުންވެސް މެހެރީން އޮތީ ކަންބޮޑުވެފައިކަން އަންގައިދެއެވެ. ބަހެއް ނުބުނެ އިރުކޮޅަ އާރިޒް އިނެވެ. އޭނާ ބަލަން އިން ގޮތުން މެހެރީންގެ ހަގީގީ އިހުސާސުތައް އެމޫނުން ދެނެގަންނަން މަސައްކަތް ކުރާކަހަލައެވެ.

"އަހަރެމެން އެއްބަސްވީ އެގޮތައް ކަންތައްކުރާކަށްނު.." އެސްފިޔަ ޖަހައިލުމެއްނެތި މެހެރީނަށް ބަލަމުން އާރިޒް ބުނެލިއެވެ. އެ ޖަވާބު އިވިފައި މެހެރީންގެ މޫނުގައިވި އަސަރުތައް ބަދަލުވިގޮތް ނުހަނު ސާފުކޮށް އާރިޒް ދުށްޓެވެ. މެހެރީން ބޭނުންވެގެން އެއުޅެނީ ކޮންކަމެއްކަން އޭނާ އަށް ވިސްނުނު ފަދައެވެ. ނަމަވެސް މެހެރީންގެ ދުލުން އެބަސްތައް ބޭރުކުރަން ބޭނުންވެފައި އޭނާ އިންކަހަލައެވެ. މެހެރީން އެއްޗެއް ބުނޭތޯ އޭނާ އިނީ އެހެންވެއެވެ.

"އާޒް.. ހަމަ އަސްލުވެސް ދެން ދާނީތަ.." ހިންދިރުވައިލަމުން އަނެއްކާވެސް މެހެރީން އަހައިލިއެވެ.

"މެހެރް ވެސް ބޭނުންވަނީ އެގޮތެއް ނޫންތަ.." ބޯއަރިކޮށްލަމުން މެހެރީންގެ މޫނަށް އާރިޒް ބަލައިލިއެވެ.

"އަހަރެން.. އަހަރެން ބޭނުންވާ ގޮތެއް އާޒް ހަދާނަންތަ.." އިރުކޮޅެއްގެ ހިމޭންކަމަށްފަހު އަނެއްކާވެސް މެހެރީން ސުވާލުކޮށްލިއެވެ. މިފަހަރު އޭނާގެ އަޑުގައި ކުޑަ ތުރުތުރެއް ހުއްޓެވެ. އާރިޒް ދޭނެ ޖަވާބެއް ނޭނގި އޭނާގެ ހިތްވީ އަވަސްވެފައެވެ.

"ހަދާނަމޭ ބުނެފިއްޔާ.." މެހެރީންއާ ދިމާއަށް ކުޑަކޮށް ގުދުވެލައި ސިއްރެއް ފަދައިން އާރިޒް އަހައިލިއެވެ. އެއަޑުގައިވި ޖަޒުބާތުން މެހެރީންގެ ހުރިހާ ހިއްސެއް ހޭލައްވައިލި ފަދައެވެ. ހަށިގަނޑުގައިވި ކުދި ލޯލިތައް ކޮޅަށް ޖެހިގެންދިޔައިރު އޭނާގެ ނޭވާވެސް އިހުނަށްވުރެ ފުންވެފައި އަވަސްވެއްޖެއެވެ.

"އަހަރެންނާ އެކު އަހަރެންގެ ގޭގަ އާޒް އުޅެންވީނު.. މިހާރު އަހަރެންގެ އެއްވެސް މީހަކު ނެތް.. އަހަރެން މުޅިން އެކަނިވެރިވެއްޖެ.. އާޒް ގެއްލޭކަށް އަހަރެން ބޭނުމެއްނުވޭ.." ހިތްވަރުކޮށްފައި ހިތުގެ އެދުން މެހެރީން ހާމަކޮށްލިއެވެ. އެއާއެކު އާރިޒްގެ ތުންފަތް ދެފަރާތައް ދެމިލިއެވެ. އެއިވުނީ މެހެރީންގެ ފުށުން އޭނާ އަޑުއަހަން ބޭނުންވި ވާހަކަތައް ފަދައެވެ.

"އަހަރެން.. ރަޒާން ގާތުން ވަރިވާން ނިންމައިފިން.." ދެންވެސް ވާހަކަދެއްކީ މެހެރީންއެވެ. އެހުރިހައި އިރު އެއްޗެއް ނުބުނެ ހިމޭންކަން މަތީގައި އާރިޒް އިނީއެވެ. އިތުރަށް ދައްކާނެ ވާހަކައެއް މެހެރީންއަކަށް ވެސް ނުވިސްނުނެވެ. އޭނާ ވެސް ހިމޭންކަން ޚިޔާރުކުރީ އެހެންވެއެވެ.

"ކީއްވެ.." ފުންނަޒަރަކުން މެހެރީންގެ ތޫނު ދެލޮލަށް ބަލަން އިނދެ އާރިޒް އަހައިލިއެވެ. އެ ސުވާލުގެ މާނަ ދޭހަ ނުވި ނަމަވެސް އޭނާ އަށް ވިސްނުނު ގޮތަކަށް ޖަވާބުދޭން މެހެރީން އަނގަހުޅުވައިލިއެވެ.

"ރަޒާން.."

"އަހަރެން ގެއްލޭން ބޭނުންނުވަނީ ކީއްވެ.." މެހެރީންގެ ވާހަކަތައް މެދުކަނޑައިލަމުން އާރިޒް އިތުރަށް އެއްސެވެ. ކުރިން އޭނާއަށް ބުނެވުނު ބަސްތައް މެހެރީނަށް ރެއަކާލީ ދެނެވެ. އެހެން ބުނެވުނުކަން އޭނާ އަށް އިހުސާސުނުވީއެވެ. ޖަޒުބާތުގައި ބެހިގެންގޮސްފައިވި ވަރުން ހިތުގެ އެ އެދުންވެސް ދުލުން ބޭރުކޮށްލެވުނީއެވެ. ގަތްލަދުން މެހެރީން އަވަސް އަވަހަށް ނަޒަރު ވަކިކޮށްލިއެވެ. އާރިޒްއަށް ބަލާން އޮންނަން އޭނާއަށް ނުކެރުނީއެވެ. ކިތަންމެ ފަހަރަކު އެސުވާލަށް ޖަވާބުދޭން ހިތަށް އެރިއަސް އެހިތްވަރު ކުރާކަށް ނުކެރުނެވެ. މެހެރީންގެ ހިމޭންކަން ޖަވާބެއްގެ ގޮތުގައި އާރިޒް ބަލައެއް ނުގަތެވެ. ދެވަނަ ފަހަރަށް ވެސް އޭނާގެ ސުވާލު އާރިޒް ތަކުރާރުކޮށްލިއެވެ. އޭރު މެހެރީންގެ ޖަވާބު އަޑުއަހާހިތުން އޭނާގެ ހިތްވެސް ތެޅިފޮޅެނީއެވެ. ކެތްތެރިކަން ކުޑަވެފައި އޭނާ ވިއެވެ. އެންމެ ފަހަރަކު ނަމަވެސް އޭނާ އަޑުއަހައިލަން ބޭނުންވާ ޖަވާބު މެހެރީން ދޭނެ ނަމައެވެ.

ހަށީގައި ހުރި ހިތްވަރެއް ލައިފައި އާރިޒްގެ ސުވާލަށް ޖަވާބުދޭން މެހެރީން އަނގަހުޅުވައިލި ވަގުތު އެކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް އޭނާގެ ހިތްވަރުއެލޭގޮތްވިއެވެ. އެދިމާއަށް ބަލައިލެވުނީ ދެމީހުނަށް އެކުއެކީއެވެ. އެތެރަށް ވަދެގެން އައި ޖީނާ އާއި އާމިރު ފެނިފައި ހަމަޖެހުމުގެ ނޭވާއެއް މެހެރީން ދޫކޮށްލިއެވެ. ނަމަވެސް ދެވަނަ ސުކުންތު އާރިޒް ބަލައިލި ގޮތް ފެނިފައި މެހެރީންގެ ހިތް ތެޅިގަތެވެ. އެހައި ފަސޭހައިން މިފަހަރު އޭނާގެ ކިބައިން ސަލާމަތްނުވާނެކަން އާރިޒްގެ އެ ބަލާލުމުން ހެކިދެއެވެ. ލަދުވެތިގޮތަކަށް ހިނިތުންވުމާއެކު މެހެރީނަށް ތިރީ ތުންފަތުގައި ދަތްއަޅައި ބާރުކޮށްލެވުނެވެ.

* * * * *

މެހެރީން ދާނޭހެން ހީވާ ހުރިހައި ތަނަކަށް އޭނާ ފެނޭތޯ ރަޒާން ކާރުގައި ގޮއްސިއެވެ. އެހެނަސް އުޅެ އުޅެ ވެސް މަގެއް މަތިން ވެސް މެހެރީން ފެންނަ ގޮތެއް ނުވިއެވެ. ޔާނާ ގާތުން ސަލާމަތްވުމާއެކު އެންމެ ފުރަތަމަ ވެސް ރަޒާން ދިޔައީ ގެއަށެވެ. އޭނާ ހީކުރީ އޭނާގެ އިންތިޒާރުގައި ގޭގައި މެހެރީން އިންނާނެ ކަމަށެވެ. ނަމަވެސް ކަންތައްވީ ރަޒާން ހީކުރިގޮތާ ދިމާ އިދިކޮޅަށެވެ. މުޅި ގޭގައިވެސް މެހެރީންގެ އެއްވެސް ހިލަމެއް ނެތެވެ. އޭނާގެ ފޯނަށް މިހާރު ރަޒާން އަށް ގުޅުނު އަދަދެއްވެސް ނޭނގެއެވެ. ކޮންމެ ކޯލެއް ރިންގްވެފައި ކެނޑެނީއެވެ. ގޭގައި އިތުރު މީހަކު ނެތީތީ އިތުރަށް ރަޒާން ކަންބޮޑުވިއެވެ. ވަކިވަކިން ކޮންމެ މީހަކަށް އޭނާ ގުޅިއެވެ. އެކަމަކު އެއިން މީހަކުވެސް ފޯނަށް ޖަވާބެއް ނުދިނެވެ. މެހެރީނަށް ކަމެއް ދިމާވީކަމަށް ކުޑަކޮށްވެސް ރަޒާންގެ ހިތަށް ނާރައެވެ. ރުޅިގަދަ ވެގެންގޮސް އޭނާ އަށް ކުރެވޭ ނުކުރެވޭ ކަމެއް ނޭނގެއެވެ. މުޅި ރޭ ހަތަރުދަން އޭނާ ހޭދަކުރީ މާލޭގެ އެކި މަގުތަކުގައި ދުއްވުމުގައެވެ. އެންމެފަހުން މެހެރީންގެ ފޯނަށް ތަފާތު އެކި އިންޒާރު ދީފައިވެސް އެކި މެސެޖްތައް އޭނާ ކޮށްފިއެވެ. ބޭނުމަކީ ބިރުދައްކައިގެން ވިއަސް އޭނާގެ ބާރުދަށަށް އަލުން އަނބުރައި މެހެރީން ގެނައުމެވެ. އެކަމަކު އެއިން މެސެޖަކަށް ވެސް މެހެރީން ޖަވާބެއް ނުދިނީތީ އިތުރަށް ރަޒާން ރުޅިގަދަވާގޮތް ވިއެވެ.

ހެނދުނުވީފަހުން ހަދާނެ ގޮތް ހުސްވެފައިހުރެ ރަޒާން ގެއާ ދިމާއަށް މިސްރާބުޖެހިއެވެ. ރޭގަނޑު ނުނިދައި ހުރީތީ އޭނާވީ ކޮންމެވެސް ވަރަކަށް ވަރުބަލިވާގޮތްވެފައެވެ. މަޑުދުވެއްޔެއްގައި އައިސް ގޭ ކުރިމައްޗަށް އޭނާ ކާރު މަޑުކޮށްލިއެވެ. އެއާއެކު ފެނުނު މަންޒަރުން ރަޒާންގެ ދެބުމަ ގޮށްޖެހިގެންދިޔައީ ހިނދުކޮޅެއްގެ ތެރޭއެވެ. އަތްމުށްކަވައިލުމާއެކު އަވަސް އަވަހަށް ކާރުން ފައިބަމުން ގޭގެ ގޭޓާ ދިމާއަށް އޭނާ ބަލައިލީ އަދިވެސް ގަބޫލުނުކުރެވިފައި ހުރެއެވެ. ދަތްކުނޑި ވިކައިލުމާއެކު ހަލުވި ފިޔަވަޅުތަކެއްގައި އައިސް ގޭޓް ކުރިމައްޗަށް އޭނާ މަޑުކޮށްލިއެވެ. އަދި ތިރީގައި ބަހައްޓައިފައިހުރި އޭނާގެ ފޮށިތަކަށް ބަލައިލަމުން މުށްކެވިފައިވި ދެއަތަށް ބާރުކޮށްލިއެވެ. ނުރުހުމުގެ ނަޒަރަކުން ގޭޓު ކައިރީގައި ހުރި ސެކިއުރިޓީ ގާޑަށް ރަޒާން ބަލައިލިއެވެ. އޭނާގެ ނަޒަރުން އެކަނިވެސް އެމީހާ ފިއްސާލަން އުޅޭކަހަލައެވެ. އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ހަމަޖެހިލައިފައި އެދިމާއަށް އައިސް ޖީނާ އާއި އާމިރު ހުއްޓުނެވެ. ދެމީހުންގެ މޫނުމަތިންވެސް ފައުޅުވަމުންދިޔަ މަލާމާތުގެ ކުލަވަރުން އިހުނަށްވުރެ ރަޒާންގެ ރުޅި ގަދަވިއެވެ.

"މީ ކޮންކަމެއް.. މީ ކޮންކަމެއްހޭ.. ކަލޭމެންނަކަށް އަހަރެން މިގެއަކުން ނުނެރެވޭނެ.. ހަމަ މިހާރު މި ގޭޓު ހުޅުވާ.. ބަލަ އަޑެއް ނީވޭތަ.. ކަލޭމެން ބީރު ވީތަ.. ހަމަ މިހާރު ހުޅުވާށޭ.." ގޭޓުގެ ދަގަނޑު ތޭރިތަކުގައި ހިފައި ތަޅުވައިގަންނަމުން ރަޒާން އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ.

"އަހަރެމެންނެއް ނޫން މިގެއިން ކަލޭ ބޭރުކޮށްލީ.. މިއީ ރީން ކޮއްކޮގެ އަމުރެއް.. އެހެންނޫނަސް މިއީ ކަލޭގެ ގެއެއް ނޫން.. މިގެއަށް ވެސް އަދި އަހަރެމެންގެ މައްޗަށްވެސް ކަލޭގެ އެއްވެސް ބާރެއް ނުހިގާނެ.. މިގެއިން ކަލޭ ބޭރުކުރަންވިތާ މިހާރު ކިތަންމެ ދުވަހެއް.. ލައްކަ ދުވަހު އަހަރެމެންގެ ކޮއްކޮއަށް ކަލޭ އަނިޔާކޮށްފީމެއްނު.. ކަރުނައަޅާ ރޯން ޖެއްސީމެއްނު.. މިއީ ކަލޭގެ ދުވަސް.. މިއަދު ކަރުނައަޅާ ރޮއެ ހިތާމަކުރަން ޖެހޭނީ ކަލޭ.. ޕޮލިހަށް ނުގުޅަނީސް މިތަނުން ދާން އުޅޭ.." ކުޑަކޮށް ކުރިއަށް ޖެހިލައި ހަށަން ބަނދެލަމުން ޖީނާ ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައި މިއަދު ބުނެދޭން ނޭނގޭފަދަ އައު ޖޯޝެއް އުކެލެވިފައި ވީކަހަލައެވެ. މެހެރީންއާ މެދުގައި ރަޒާން ކަންތައްކުރި އިހާނެތިގޮތް އެންމެ ގާތުން ދެކުނީ އޭނާއެވެ. ވީއިރު އޭނާގެ ހިތުގައި ރަޒާންގެ މައްޗަށް ނަފުރަތު ނޫން އެހެން އެއްވެސް އެއްޗެއް ނެތެވެ.

"ނުވާނެ އެހެންނެއް.. މެހެރީންއަކަށް ނުކެރޭނެ އަހަރެން ދޫކޮށްލާކަށް.. ކޮބާ އޭނާ.. ހަމަމިހާރު މިތަނަށް ގެނޭ.." ދެންވެސް ބަލިގަބޫލުކުރާކަށް ރަޒާން ބޭނުމެއް ނުވިއެވެ. ނަމަވެސް އޭނާގެ ވާހަކަތަކުން މިއަދު އެއިން އެކަކަށް ވެސް އެއްވެސް އަސަރެއް ނުކުރިއެވެ. ފާޑަކަށް އޭނާއަށް ބަލައިލުމަށްފަހު ފަސްއެނބުރި ޖީނާ ހިނގައިގަތީ ކުރިއަށެވެ. ތަންކޮޅަކަށް ގޮސްފައި ހުއްޓެމުން ގޭޓު ކައިރީގައި ހުރި ސެކިއުރިޓީ ގާޑާ ދިމާވާނެހެން ކޮނޑާ ދިމާއަށް އޭނާ މޫނު އަނބުރައިލިއެވެ.

"ވީ އެންމެ އަވަހަށް މިތަނުން އޭނާ ފޮނުވާލާ.. ރީން ކޮއްކޮ ބުނިހެން ކާރުގެ ތަޅުދަނޑި ވެސް އަތުލާތި.. ތި ވެސް ރީން ކޮއްކޮގެ އެއްޗެއް.. އަދި ބުނަން.. އޭނާ ގަދަހަދަންޏާ އިތުރަށް އެންމެ ސުކުންތެއްވެސް ލަސްނުކުރާތި.. ޕޮލިހަށްގުޅާ މައްސަލަ ހުށައަޅާ.. ރީން ކޮއްކޮގެ ފޯނަށް އޭނާ ކޮށްފަހުރި މެސެޖްތައް އަހަރެމެން އަތު އެބައޮތް.. އެހެންވީމަ އިތުރު ކަންތައްގަނޑެއްގަ ބެދެން ބޭނުން ނުވަންޏާ މިތަނުން ރީތި ގޮތުގަ ދާން އުޅޭ.. އަދި ބުނަން.. މީގެ ފަހުން މިގެ ފެންނަ ހިސާބަށްވެސް ތިކަލޭގެ އަޔަ ނުދޭތި.. ރީން ކޮއްކޮއާ ވައި އެޅިލިއަސް ނިމުނީ.. ތިކަލޭގެ ނޫނަސް ރީން ކޮއްކޮގެ އާއިލާއެއް އެބަ އޮތް.. އިރާދަކުރެއްވިއްޔާ އަހަރެމެން ތިބިހައި ހިނދަކު ކޮއްކޮ އެކަންޏެއް ނުވާނެ.." އެހެން ބުނުމަށްފަހު އިތުރަށް އެތަނުގައި މަޑުކުރާކަށް ޖީނާ ނޫޅުނެވެ. ޖީނާގެ ވާހަކަތަކަށް ބޯޖަހައިލަމުން ސެކިއުރިޓީ ގާޑު ރަޒާންއާ ގާތަށް ޖެހިލިއެވެ. ހުއްޓުން އަރައިފައިހުރި ރަޒާނަށް ހޭވެރިކަންވީ އެމީހާ އޭނާގެ ކޮނޑުގައި އަތްލުމުންނެވެ. ވަގުތުން އަތް ފޮޅުވައިލުމަށްފަހު އަނގައިން ނުރުހުމުގެ އަޑެއް ލައްވައިލަމުން އޭނާ ދުރަށްޖެހިލިއެވެ. ބޮލުގައި ހިފަހައްޓައިލި ރަޒާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ހުރިހާކަމެއް އެހައި ރާވައިގެން އޭނާ ކުރިއަށް ގެންދަނިކޮށް މިވީ ކިހިނެއް ހެއްޔެވެ. އެއްވެސް ކަމެއް ފުރިހަމަނުވެ އޭނާގެ ހުވަފެންތައް ބިލާހަކަށް ވީއެވެ.

* * * * *

"ލީމް އެދުނު ކަންތައް އަހަރެން ބަލައިފިން.." ގާތުގައި ހުރި ލީމްގެ ކޮލުގައި ހިފައިލަމުން ނިކަން ހިނިއައިސްފައި ހުރެ ދާމިން ބުނެލިއެވެ. ލިބުނު ޚަބަރުން ލީމްގެ ދެލޯ ވިދައިގަތެވެ. އަސްލުވެސްހޭ ބުނެލިއިރު އޭނާވީ ކެތްތެރިކަން ކުޑަވެފައެވެ. ހީނލަމުން ދާމިން އަވަސް އަވަހަށް ބޯޖަހައިލިއެވެ.

"ކޮބާ އެމީހުން.." ދެއަތްތުރުތުރު އަޅާ ހާލު ލީމް އަހައިލިއެވެ. އެއާއެކު ލީމްގެ ކޮއްކޮ މިވަގުތު މާލޭގައި އެބަ ހުރިކަމަށް ދާމިން ބުނެލިއެވެ. އަދި ފޯނުގެ ސްކްރީނަށް ބަލައިލަމުން އެޑްރެސް ލީމް އަށް ދައްކައިލިއެވެ. އެންމެ ސުކުންތުކޮޅެއްވެސް ލަސްކުރާކަށް ލީމް ބޭނުމެއްނުވިއެވެ. ކޮއްކޮއާ ބައްދަލުވެގެން ނޫނީ އޭނާގެ އަސްލު މައިންބަފައިންވީ ތަނެއް އެނގޭނެ ގޮތެއް ނެތެވެ. ހުރިހާ ވާހަކަތަކެއް ތެދުތެދަށް ބުނަން ދާމިން ޖެހިލުންވީއެވެ. ލީމްއަށް އެކޮއްކޮ ފުށުން ހުރިހާ ކަމެއް އެނގުން މާރަނގަޅުވާނެ ކަމުގައި އޭނާއަށް ހީވީއެވެ. ހިނދުކޮޅަކަށްވިއަސް ލީމް އަށް ލިބިފައިވި އުފާވެރިކަން އޭނާއަށް ބުނެވޭ އެންމެ އެއްޗަކުން ނެތިދާކަށް ދާމިން ބޭނުމެއް ނުވެއެވެ.

ލީމް ތަކުރާރުކޮށް އާދޭސްކުރަން ފެށުމުން ނޫނެކޭ ބުނާކަށް ދާމިންއަކަށް ނުކެރުނެވެ. ލީމްގެ އެދުމަށް އާނބަސް ދެމުން އޭނާ ގޮވައިގެން އެގެއަށް ދިއުމަށް ދާމިން މިސްރާބުޖެހީ އެހެންވެއެވެ.

* * * * *

ހަވީރު ވަގުތެވެ. ހުރިހާ އެންމެން ގޭގެ ބޮޑުކޮޓަރީގައި ތިބީ ތުއްތު ދަރިފުޅުގެ ހަރަކާތްތަކުން ހިނިއައިސްފައެވެ. މެހެރީން ގެއަށް ދޫކޮށްލިތާ މަސްދުވަސް ފާއިތުވެދިޔައިރު އެގޭގައިވީ އުފައުވެރިކަމުގެ ސާލު އޮޅައިލައިފައެވެ. ގެއަށް އައި އައު މެހެމާނަށްޓަކައި ކޮންމެ މީހެއްވެސް ހުރީ ގުރުބާންވާ ތައްޔާރަށެވެ. ސަކަރާތުގެ އަޑު ގޭގައި ހިފައިލައިފައި ވަނިކޮށް އެތަނަށް އައިސް ހުއްޓުނު ގޭގެ ޚާދިމަކު މެހެރީނަށް ގޮވައިލަމުން އާރިޒްއާ ބައްދަލުކޮށްލަން ބޭނުންވެގެން ބަޔަކު އައިސް އެބަ ތިބި ވާހަކަ ބުނެލިއެވެ. އެވާހަކަ އިވިފައި ޚުދު އާރިޒްއަށް ވެސް ލިބުނީ ހައިރާންކަމެވެ. އޭނާއަށް ބަލައިލަމުން އެޚާދިމާ ދިމާއަށް މެހެރީން ބޯޖަހައިލިއެވެ. އަދި އެބަޔަކު ގެއަށް ވެއްދުމަށް ބުނެލިއެވެ. އެއާއެކު ހަލުވި ފިޔަވަޅުތަކެއްގައި އޭނާ ގޭޓާ ދިމާއަށް ހިނގައިގަނެއްޖެއެވެ.

ޕޯޓިކޯ ކުރިމައްޗަށް މަޑުކޮށްލި ކާރުން ނުކުތް ދެޒުވާނުން އެކަކު އަނެކެއްގެ މޫނަށް ބަލައިލިއެވެ. އަދި ދެމީހުން އެކުއެކީގައި ޚާދިމުގެ ފަހަތުންކަހަލަ ގޮތަކަށް އައިސް ގޭގެ މައި ދޮރުން އެތެރަށް ވަންނަމުން ސަލާމް ގޮވައިލިއެވެ. އެއަޑަށް ދަރިފުޅު އުނގުގައި ބާއްވައިގެން ސަމާސަކުރަން އިން މެހެރީން އިސްއުފުލައި ބަލައިލިއެވެ. އެއާއެކު ކަށްޓެއްހެން އިންތަނުން ކުއްލިއަކަށް އޭނާއަށް ތެދުވެވިއްޖެއެވެ. ދެލޯބޮޑުކޮށްލަމުން ކުރިމަތީގައި ހުރި ޒުވާނާއަށް ބަލަމުން އޭނާ ދިޔައިރު، އެޒުވާނާގެ މޫނުގައިވެސްވީ ހައިރާންކަމުގެ އަސަރުތަކެވެ. ދެފަރާތަކަށް އޭނާ ބޯހޫރައިލީ ކުރިމަތިން ފެންނަމުންދިޔަ މަންޒަރު ގަބޫލުކުރަން ދަތިވީވަރުންނެވެ.

"ދޮ..ދޮންބެ.." ކަރުނުން ބަރާވަމުންދިޔަ ދެލޮލުން، ކުރިމަތީގައި ހުރި ދާމިންއަށް ބަލަންހުރެ އުނދަގުލުން މެހެރީން ބުނެލިއެވެ.

"ރީން.." އަސަރުން ފުރިފައިވީ ގޮތަކަށް ދާމިން ވެސް ގޮވައިލިއެވެ.

(ނުނިމޭ)

Ads by HDC
  1. ފާތު

    ޥަރައް ރީތި ކޮބާތަ ލިބޭތޯ ޔާރުޖަންނަތުން އެވާހަކަ ގެނެސް
    ދީބަލަ

    • ަނަނީން

      ްައެއީ ނައު ދައްތަ ގެ ވާހަކައެއް ނޫން

  2. ފާތު

    އެއީ ނައުފާގެ ވާހަކައެއްތަ އަނެއްކާ