ޚަބަރު

އަޝްރަފް ޙަކީމީގެ މައްޗަށް ރޭޕްގެ ތުހުމަތު، މައްސަލަ ތަހުޤީޤު ކުރަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ތަރި އަޝްރަގް ޙަކީމީ، އޭނާގެ އަންހެނުންނާއި ދަރިން ޗުއްޓީ ހޭދަކުރަމުން ދަނިކޮށް އޭނާގެ ގެއަށް އަންހެނު ދައުވަތު ދީގެން ގެނެސް، އެ މީހާ ރޭޕްކުރި ކަމަށް ބުނާ މައްސަލަ ބަލަން ފަށައިފިއެވެ.

Ads by STELCO

އުމުރުން 23 އަހަރުގެ އަންހެންމީހާ، އަޝްރަފް އޭނާ ރޭޕް ކުރި ކަމަށް ބުނާ ތާރީޚަކީ، މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. އަންހެންމީހާ ބޭނުންވީ، މައްސަލަ ހުށަނާޅައި، ރޭޕް ކުރި ކަމަށް ބުނެ ފުލުހުންނަށް ބަޔާނެއް އެކަނި ދިނުމަށެވެ. ނަމަވެސް، މިއީ ސީރިއަސް މައްސަލައެއް ކަމަށް ބަލައި، ޕްރޮސެކިއުޓަރުން ނިންމީ، ތަޙްޤީޤު ކުރުމަށެވެ.

ފްރާންސްގެ ލެ ޕެރިސިއެން ނޫހުން ބުނި ގޮތުގައި އުމުރުން 24 އަހަރުގެ ޑިފެންޑަރު އެ އަންހެން މީހާއާ ވާހަކަ ދައްކަން ފެށީ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އިންސްޓަގްރާމުންނެވެ.

ހަކީމީގެ އަންހެނުން، ބަތަލާ ހިބާ އަބޫކް އޭރު ޗުއްޓީ ހޭދަކުރަމުން ދިޔައީ ކުޑަ ދެ ދަރިންނާ އެކު ދުބާއީގައެވެ.

ރޭޕްގެ ތުހުމަތުތަކަށް ޙަކީމީ އަދި ޖަވާބު ދީފައެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!