ޚަބަރު ސަރުކާރު

ގަން އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި އާދިއްތަ ދުވަހު ސޮއި ކުރަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީއައިއޭ) ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި އިންޑިއާގެ ރެނާޓާސް ކުންފުންޏާއެކު ސޮއިކުރުން މި މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

Ads by MWSC

ޖީއައިއޭ ތަރައްޤީ ކުރަން ނިންމާފައިވަނީ އިންޑިއަން އެގްޒިމް ބޭންކުން ދޫކުރާ 800 މިލިއަން ޑޮލަރުގެ ލޯނަކުން ކަމަށްވާތީ މިމަޝްރޫޢުގެ ކޮންޓްރެކްޓަރުން ޕްރީކޮލިފައި ކުރީ އިންޑިއާ ސަރުކާރުންނެވެ. އެ އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢު އިންޑިއާގެ ރެނާޓަސްއާ ހަވާލުކުރީ މިމަޝްރޫއަށް ޕްރީ ކޮލިފައި ކުރި ހަތް ކުންފުނީގެ ތެރެއިންނެވެ.

ސްޓްރެޓީޖިކް ޕާޓްނަޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ ދަށުން އައްޑޫ އެއަޕޯޓާއި، އައްޑޫ ރީޖަނަލް ސީޕޯޓް ޕްރައިވަޓައިޒްކުރުމަށް ގޮވައިލައި މަޖިލީހަށް ހުށަހެޅި ޤަރާރަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވީ އައްޑޫ އިންޓަނޭޝަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް ކުންފުނިން ހިންގާ ޖީއައިއޭއަކީ މިހާރުވެސް ޕްރައިވަޓައިޒް ކޮށްގެން ހިންގާ އެއާޕޯޓެއް ކަމަށާއި، އެ ތަން ތަރައްޤީ ކުރުމަށްޓަކައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ 28.5 މިލިޔަން ޑޮލަރުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން ވެސް މިމަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އައްޑޫ އެއާޕޯޓް ތަރައްގީކުރަނީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ.

އަސްލަމް ވިދާޅުވީ އޭގެ އިތުރުންވެސް ވަރަށް ގިނަ ހިދުމަތްތަކެއް މިހާރުވެސް ގާއިމުވަމުންދާ ކަމަށެވެ. އޭގެ ތެރޭގައި އިންފްލައިޓް ކޭޓަރިން ސާވިސްގެ ހިދުމަތް ހިިމެނޭ ކަމަށް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!