Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ތިން ޤައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގެންފި

ތިން ޤައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގެންފި

ތިން ޤައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ވިދާޅުވެފައިވަނީ، ރައީސް ޞާލިޙުގެ ދަތުރުފުޅުގައި ފުރަތަމަ ޤަތަރަށް ވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން މިއަދު ޤަތަރުގެ ދޯހާއަށް ވަޑައިގަންނަވާއިރު، ޤަތަރުގައި ބާއްވާ، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ އދ.ގެ ފަސްވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއްވައެވެ.

ޤަތަރަށްފަހު ރައީސް ސާރބިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއްއެވެ.

Advertisement
HDC — Sidebar (box)

އަދި ދެ ޤައުމުގެ ސަރުކާރުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މިދަތުރުފުޅުގެ ތެރެއިން ރައީސް  ޖަރުމަނުވިލާތަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައިވާއިރު، އެ ޤައުމުގެ ރައީސް ފްރޭންކް ވޯލްޓަރ ސްޓައިންމަޔަރއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވެވުމަށް ހަމަޖެހިފައިވާ ކަމަށް ރައީީސް އޮފީހުން ވިދާޅުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް