Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

އައްބާސްގެ މައްޗަށް އުފުލި ދައުވާގެ ފުރަތަމަ އަޑުއެހުން މާދަމާ

އައްބާސްގެ މައްޗަށް އުފުލި ދައުވާގެ ފުރަތަމަ އަޑުއެހުން މާދަމާ

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގައި ހުޅުޖެހުމަށް ހިތްވަރު ދިން ކަމަށް ތުހުމަތުކޮށް، ދަޢުވާ އުފުލައިފައިވާ އައްބާސް އާދިލް ރިޒާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ އަށް ތާވަލްކޮށްފިއެވެ.

އައްބާސްއަށް ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ.

އައްބާސްގެ މައްޗަށް ދައުލަތުން ކުރަނީ ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދައުވާއެވެ.

Advertisement
Ooredoo — Truecaller (box)

އޭނާގެ އްޗަށް މިދައުވާ އުފުލާފައިވަނީ "ކްލަބްހައުސް" ގައި މިދިޔަ ޑިސެމްބަރު 22 ވަނަ ދުވަހު ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަނުޖެހިގެން ޕެޓްރޯލާއި، ވާބުރި ފަދަ ތަކެތި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވާ ކަމަށް ބުނެއެވެ.

އަދި އޭގެ އަނެއް ދުވަހު، އައްބާސް ބޭނުންކުރައްވާ ޓްވިޓާ އެކައުންޓުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވައިލައިފައިވުމަކީވެސް ދައުވާ އުފުލާ ސަބަބެއް ކަމަށް ވަނީ ބުނެފައެވެ.

އައްބާސް އަކީ އިދިކޮޅުން ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވި ފަރާތެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް