އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް އެމަގުގެ ފުރަތަމަ ތިން ސެގްމެންޓު އާންމުންނަށް ހުޅުވާލާފައިވަނިކޮށް ވާރޭ ވެހި އެ މަގުގައި ފެންބޮޑުވާން ދިމާވީ މަގުގެ މަސައްކަތް މުޅިން ނުނިމޭތީކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.
އަމީނީ މަގުގެ ބައެއްގައި ތާރު އަޅައި އާންމުނަށް ހުޅުވާލާފައިވަނިކޮށް ރޭގެ ވަގުތެއްގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެމަގުގައި ފެންބޮޑުވި އެވެ. މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ.
ފެން ބޮޑުވުމާއި ގުޅިގެން އާރުޑީސީން ބުނީ ފެން ބޮޑުވާން ދިމާވީ އަމީނީ މަގުގެ މަސައްކަތް އަދިވެސް ކުރިއަށް ދާތީ ކަމަށެވެ. އަދި މަސައްކަތް މުޅިން ނިންމައިލުމުން ވާރޭ ވެހި ފެން ބޮޑުވާތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފެންގަނޑު މުޅިން ހިނދޭނެ ކަމަށެވެ.
80 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރާއިރު އެމަގުގައި ފެން ހިންދާ ނިޒާމުވެސް ގާއިމް ކުރާނެކަމަށް އާރުޑީސީން މީގެ ކުރިން ބުންޏެވެ. މިހާރު މަސައްކަތް ނިންމައި ހުޅުވާލާފައިވަނީ ހެންވޭރު ބޮޑުތަކުރުފާނުމަގުން ފެށިގެން ސްޓެލްކޯ އިމާރާތާއި ހަމައަށެވެ.
އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ހަވާލު ކުރީ އާރުޑީސީއާ އެވެ. އެހެންނަމަވެސް މަގު ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްވެ ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގޮސްފައި ނުވާތީ ފަހުން ތާރު އަޅަން ހަވާލު ކުރީ އެމްޓީސީސީ އާއެވެ.
އާރުޑީސީން ބުނީ އަދިވެސް މަޝްރޫއު ކުރިއަށް ގެންދަނީ އެކުންފުނިން ކަމަށެވެ. އެމްޓީސީސީއާއި ހަވާލުކުރީ ތާރު އެޅުމުގެ މަސައްކަތް އެކަނިކަމަށްވެސް އާރުޑީސީން ބުންޏެވެ.
މަސައްކަތް ނުނިމެނީސް އެމަސައްކަތުގެ ކޮލިތީއެއް ނޭންގޭނެ ، މިސަރުކާރުން މާލޭގައި ހެދި މަގުތައް ބަރާބަރު ފެންނުހެދޭ ކުރިން އާރުދީސީން ހެދިމަގުތައް މިގެކުރިން އޮތްމަގުތަކަށް ވުރެ ހުރިހާކަމެއްވެސް ރަގަޅު އެއޮތީ ފެންނަން! މުއިއްޒު ހެދި މަޖީދީމަގު އެއޮތީ އޮތްގޮތް އަޅާ ކިޔާއިރު މިހާރުގެ އާރުދީސީ ހަމަ ކޮލިޓީ ފެންނަން އޮތް ހަގިގަތް!