ޚަބަރު ސަރުކާރު

ރާއްޖެ-ސާބިއާ ގުޅުން ބަދަހި ކުރަން މަޝްވަރާ ކުރައްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ދިވެހިރާއްޖެއާ ސާބިއާގެ ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

Ads by STELCO

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ރިޕަބްލިކް އޮފް ސާބިއާގެ ރައީސް އަލެކްސާންޑަރް ވޫޗިޗްއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން ބަދަހި ކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވީ، އދ. ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްގެ ހަވާސާގައެވެ. މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ޤަޠަރުގެ ވެރިރަށް ދޯހާއަށް ވަޑައިގެންނެވީ ހޮނިހިރު ދުވަހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ސާބިއާއާ ރާއްޖޭގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވެސް ވާހަކަފުޅު ދައްކަވައިފައެވެ.

މީގެ އިތުރުން އިއްޔެގެ މި  ބައްދަލުވުމުގައި ރައީސް އާއި ސާބިއާގެ ރައީސް ވަނީ ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައި އެ އެއްބަސްވުންތަކާ އެކު ކުރިއަށް ދާން ޖެހޭ ކަން ފާހަގަކުރައްވައިފައެވެ. އަދި ދެބޭފުޅުންވެސް ދެޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ބަދަހިކުރުމަށާއި، ކްރޮސް ސެކްޓަރ އެއްބާރުލުން އަލުން އާކުރުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!