މާލެ ސިޓީގެ 26 މިސްކިތެއްގައި ޙިފްޒުކޮށް ތަރާވީޙް ނަމާދު ކުރާނެ!

1444 ވަނަ އަހަރު ރަމަޟާންމަހު މާލެ ސިޓީގެ 26 މިސްކިތެއްގައި ޙިފްޒުކޮށް ތަރާވީޙް ނަމާދު ކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީ މިއަދު އާއްމުކުރެއްވި ލިސްޓުގައި ވަނީ ޙިފްޒުކޮށް ތަރާވީޙް ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ ތެރޭގައި ހިމެނެނީ މާލޭގެ 16 މިސްކިތަކާއި ހުޅުމާލޭ 11 މިސްކިތެއް ކަމަށެވެ.
ރާއްޖޭގެ ރަށްރަށުގައްޔާއި ސިޓީތަކުގެ މިސްކިތްތަކުގައި ހިފްޒުކޮށް އިމާމްވެ ތަރާވީހް ނަމާދު ކުރާނެ ބޭރުގެ ހާފިޒުން ރާއްޖެއަށް ކޮންމެ އަހަރަކުވެސް ގެނެއެވެ. މިގޮތުން ގެނެވޭ ހާފިޒުން ގިނަ ކަމާމެދު ވިސްނާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ އިލްތިމާސް ކުރައްވާފައެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ގިނަ ޢަދަދެއްގެ ޙާފިޡުން ތިއްބެވިނަމަވެސް ޙާފިޡުންގެ ގޮތުގައި ދެމިތިއްބެވުމަށް ކުރެވޭ މަސައްކަތް އަދިވެސް މަދުކަން ކަމަށާއި ރޯދަ މަހު ތަރާވީޙް ނަމާދުކުރުމަށް ބޭރުގެ ޙާފިޡުން ގިނަ ޢަދަދަކަށް ގެންނަންޖެހޭކަމީ ވެސް ކަމާބެހޭ ފަރާތްތަކުން ވިސްނާލުން މުހިންމު ކަމެއް ކަމުގައެވެ.