Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ނައިބު ރައީީސް މާދަމާ އައްޑުއަށް

ނައިބު ރައީީސް މާދަމާ އައްޑުއަށް
އައްޑޫގައި މާދަމާ ރޭ ބާއްވާ އިޙްޔާ ފޯރަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވަޑައިގަންނަވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ނައިބު ރައީސް އެ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި، ހިތަދޫ ބަނދަރު ސަރަހައްދުގައި ޤާއިމްކޮށްފައިވާ މިސްކިތް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ މަޝްރޫޢުއެއް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވެސް އެ މަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ އިޙްޔާ ފޯރަމްގެ ތެރެއިން، އަތޮޅު ތެރޭގައި ބާއްވާ ފުރަތަމަ ފޯރަމް މާދަމާ ރޭ އައްޑޫ ހައި ސްކޫލުގައި އޮންނާނެއެވެ.

އައްޑޫގައި ”ލޮބުވެތި ނަބިއްޔާގެ ޙަޔާތްޕުޅުން” މި މައުޟޫޢުއަށް ތަޤްރީރުކުރައްވާނީ އަލްއުސްތާޛް މުޙައްމަދު އަނީލް އަދި ޑރ. ޢަލީ ޒާހިރުއެވެ.

މިއަހަރު ޖުމްލަ 17 އިޙްޔާ ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވާއިރު މާލޭގައި 9 ޕްރޮގްރާމް އަދި އަތޮޅުތަކުގައި 8 ޕްރޮގްރާމް ކުރިއަށް ގެންދާނެއެވެ.

Advertisement
Ooredoo — Truecaller (box)
 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް