ޔޫތު މިނިސްޓްރީގެ ބިމަކަށް މާލެ ސިޓީކައުންސިލުން ވަދެ ތަކެތި ގެންދިޔަކަމަށް ބުނި ބުނުމަށް ރައްދުދީފި

ޔޫތު މިނިސްޓްރީގެ ބިމަކަށް މާލޭ ސިޓީ ކައުންސިލުން ވަދެ، އެތާ ހުރި ގުދަނެއް ހަލާކުކޮށް އެއްޗެހިތައް ގެންދިޔަ ކަމަށް މިނިސްޓަރ އަހުމަދު މަހްލޫފު ވިދާޅުވި ވިދާޅުވުމަށް މާލެސިޓީ ކައުންސިލުން ރައްދު ދީފިއެވެ.
މިނިސްޓަރ މަހްލޫފު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަން ވަގުތުން ހުއްޓާލުމަށް ސިޓީ ކައުންސިލްއަށް ގޮވާލައްވާކަމަށާއި އަދި ގެއްލޭ ތަކެއްޗާއި ގެއްލުންލިބޭ ތަކެއްޗަށް ޒިންމާ އުފުލަންވާނެ ކަމަށެވެ.
މިނިސްޓަރ މަހުލޫފުގެ ޓްވީޓަށް ރައްދު ދެއްވާ ސިޓީކައުންސިލުން ބުނީ މާލެ ސިޓީ ކައުންސިލުން ޤާނޫނާއި ޤަވައިދާ ޚިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި އަދި އެކަން ހިނގައި ދިޔަ ގޮތް ބަލާ ތަފްސީލު ހާމަ ކުރާނެ ކަމަށެވެ.
ފަހަކަށް އައިސް މާލެ ސިޓީ ކައުންސިލާއި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި މެދު ހިޔާލުތަފާތުވުންތައް އުފެދި ދޭތެރެ ދޭތެރެއިން ބަހުގެ ހަމަލާ ރައްދު ކުރަމުން ދާ ކަން ފާހަގަކޮށްލެވެއެވެ.
ތިޔަ ސިޓީ ކައުންސިލްގައި މިފަހަރު ތިޔަ ތިބީ ހުސް ވގނ ނެވެ. އެންމެ މުލުގައި އެހުރީ އޭގެ ވެރިޔާއެވެ. ހޯމް މިނިސްޓްރީގައި ކުރިން ހުރިއިރު އެތަނަށްވެސް ހާދަ ވަރެއް އަރުވާލިއެވެ.