ޚަބަރު ސަރުކާރު

ރޭ ހުސްކުރީ ކައުންސިލުގެ ހުއްދަނެތި ބޭނުންކުރި، ވެރިއަކު ނޭނގޭ ގުދަނެއް: މާލޭސިޓީ ކައުންސިލު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރޭ މާލޭ ސިޓީ ކައުންސިލުން ހުސްކުރަން މަސައްކަތް ކުރީ މާލޭ ސިޓީކައުންސިލުގެ ހުއްދަ ނެތި ބޭނުންކުރަމުން އަންނަ އެކައުންސިލުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބިމެއްގައި ހަދާފައި ހުރި ގުދަނެއްކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

Ads by STELCO

މާލޭ ސިޓީ ކައުންސިލުކޮށް މިއަދު އާއްމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނީ އެ ގުދަނަކީ ގަވާއިދާ ޚިލާފަށް އެކައުންސިލުގެ ހުއްދަ ނެތި ބޭނުން ކުރަމުންދާ ތަނަކަށްވާތީ އެތަނުގައި ބަހައްޓާފައިވާ ތަކެތީގެ ވެރިފަރާތެއް ހޯދުމަށް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ ގެޒެޓުގައި އާއްމުކޮށް އިއުލާނުކޮށް އަދި ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެތަނުގައި ތަކެތި ބަހައްޓާފައިވާ ފަރާތަކުން އެކަން މާލޭ ސިޓީ ކައުންސިލަށް ނާންގާނަމަ ނުވަތަ އެގުދަން ކުއްޔަށް ހިފައިގެން ބޭނުންކުރާ ކަމުގެ ލިޔުންތައް ހުށަނާޅާނަމަ އެ ގުދަން ރޫޅާލައި އެގުދަނުގައި ހުރި ތަކެތި މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންނާނެކަން އާއްމުކޮށް އަންގައި އިއުލާނުކޮށްފައިވީ ނަމަވެސް 2023 ވަނަ އަހަރުގެ މާރޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށްވެސް މާލޭ ސިޓީ ކައުންސިލަށް އެއްވެސް ފަރާތަކުން އެގުދަން ބޭނުން ކުރާކަމުގެ ލިޔުން ހުށައަޅާފައިނުވާކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ރޭ ހުސްކުރަން މަސައްކަތް ކުރީ ޔޫތު މިނިސްޓްރީގެ ގުދަނެއްކަމަށާއި އެގުދަން ހަލާކުކޮށްލާފައިވާކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފު ރޭވަނީ ވިދާޅުވެފައެވެ. އަދި އެތަނުން ގެއްލޭ ކޮންމެ އެއްޗަކަށް ސިޓީކަައުންސިލުން ޒިއްމާވާން ޖެހޭނެކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ސިޓީކައުންސިލުން ރޭވެސް ބުނީ އެކައުންސިލުން ގާނޫނާގައި ހިލާފު އެއްވެސް ކަމެއް ނުކުރާކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!