Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ފުރުސަތު ނެތޭ ބުނުމުގެ ޖާގައެއް ނެތް: ފުވާދު

ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ފުރުސަތު ނެތޭ ބުނުމުގެ ޖާގައެއް ނެތް: ފުވާދު

އަންނަ ސެޕްޓެމްބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ފުރުސަތު ނެތޭ ބުނުމުގެ ޖާގައެއް ނެތްކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ޗެނަލް 13 އަށް ދެއްވި އިންޓަވިއުއެއްގައި ފުވާދު ވިދާޅުވީ ސުޕްރިމްކޯޓުގެ ނިހާއީ ހުކުމެއް ނާންނަހާ ހިނދަކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ބޮޑުކަމަށެވެ.

"މެމްބަރެއްގެ ހައިސިއްޔަތުން، ނޫނީ އިލެކްޝަންސްގައި މަސައްކަތްކޮށްފައިވާ ފަރާތެއްގެ ގޮތުން ނޫނީ ވިއްޔާ ދިވެހި ރައްޔިތެއްގެ ގޮތުން އަޅުގަނޑު ދަންނަވާނީ ނިހާއީ ހުކުމެއް ނާންނަހާ ހިނދެއްގައި ވަރަށް ބޮޑަށް ފުރުސަތު އެބައޮތޭ. އެއީ ޝަރީއަތުގައި މައްސަލަ އޮތުމަކީ އަދި އަޅުގަނޑުމެން އެއްގޮތަކަށްވެސް އެ ބޭފުޅާއަކީ، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް ފުރުސަތު ނެތޭ ބުނުމުގެ ޖާގައެއް އޮތްކަމެއްކަމަކަށް އަޅުގަނޑު ނުދެކެން" ފުވާދު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ފުއާދު ވިދާޅުވީ ރައީސް ޔާމީންގެ ކެންޑިޑެންސީ ބަލައިގަތުމާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން އަދި ސީދާ ކަނޑައެޅިގެން ވަކިގޮތެއް ނިންމާފައި ނުވާކަމަށެވެ.

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދީފައިވާ ކުރީގެ ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ ރިޝްވަތާއި މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް