އޭޝިއާ ދުނިޔެ

ބަންގްލަދޭޝްގެ ހެދުން ވިއްކާ މާކެޓެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް، 600 ފަޔަރ ފައިޓަރުން އަލިފާން ނިއްވުމުގައި!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ބަންގްލަދޭޝްގެ ވެރިރަށުގައި އަގުހެޔޮ ފޭރާމަށް މަޝްހޫރު މާރުކޭޓެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

Ads by Sosun Fihaara

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ބަންގާ ބާޒާރު މާރުކޭޓުގައި އަލިފާނުގެ ހާދިސާ ހިނގީ މިއަދު ހެނދުނު ބަންގްލަދޭސް ގަޑިން 6:10 ހާއިރު ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެ ގައުމުގެ ފަޔާ ސާވިސްގެ އޮފިޝަލް ރަފީ އަލް ފާރޫގު ފޯނުން އެސޯސިއޭޓެޑް ޕްރެސް ނިއުސް އެޖެންސީއަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަލިފާން ނިއްވުމުގެ މަސައްކަތް 47 ޔުނިޓެއްގެ ފަޔަރ ފައިޓަރުން ކުރަމުން އަންނަ ކަމަށާއި ރޯވި މާސިންގާ އަލިފާންގަނޑުގެ ސަބަބުުން އެ ސިޓީގެ އެންމެ ދުވަސްވީ އަވަށްތައް ކަޅު ދުމުން ފުރިފައިވާ ކަމަށެވެ. އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލިފާން ރޯވެފައިވާ ފިހާރަތަކުގެ ވެރިންނާއި ފަޔާ އޮފިޝަލުން ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ ބަންގާ ބާޒާރު މާރުކޭޓާއި ޖެހިގެން ހުރި ތިން ކޮމާޝަލް ސަރަހައްދެއް ގާތްގަނޑަކަށް މުޅިން އަނދާފައިވާ ކަމަށެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް 600 އަށްވުރެ ގިނަ ފަޔަރ ފައިޓަރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!