ޚަބަރު

އައްޑޫއިން ހިމަބިއްސަށް ފައްސިވީ ވެކްސިން ފުރިހަމަކޮށްފައިވާ ކުއްޖެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހިމަބިއްސަށް ޕޮޒިޓިވްވީ ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކޮށްފައިވާ ކުއްޖަކަށް ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

Ads by MWSC

އެ ހޮސްޕިޓަލްގެ ސީއީއޯ ޑރ. މުހައްމަދު ޞާލިޙް މިއަދު އޮންލައިން ނޫހަކަށް ވިދާޅުވީ ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ހިމަބިއްސަށް ފައްސިވި ކުއްޖާއަށް ދޭންޖެހޭ ހުރިހާ ވެކްސިނެއް އަދި އޭގެ ޑޯޒްތައް ނިންމާފައިވާ ކަމަށެވެ.

ހިމަބިއްސަށް އައްޑޫން ކުއްޖަކު އިއްޔެ ޕޮޒިޓިވްވެ، އެ ބައްޔަށް އިތުރު ކުއްޖަކު ޝައްކުކުރެވިގެން ދަނީ ޓެސްޓުކުރަމުންނެވެ. އެ ދެ ކުދިންގެ ހާލު ވެސް ރަނގަޅު ކަމަށް ޞާލިޙް ވިދާޅުވިއެވެ.

އެޗްޕީއޭއިން މީގެ ކުރިން ބުނެފައިވަނީ، އެ ކުދިންގެ ގައިން ބަލި ފެތުރޭ މުއްދަތު ފާއިތުވެފައިވާތީ އެ ކުދިންގެ ފަރާތުން އެހެން މީހަކަށް އެ ބަލި ފެތުރުމުގެ ފުރުސަތެއް ނެތެވެ.

ވެކްސިން ފުރިހަމަކޮށްފައި ހުއްޓަސް ހިމަބިހި ޖެހުމުގެ ފުރުސަތު ކުޑަކޮށް އޮވެއެވެ.

  1. ދިފާއުގައި

    ތިޔަ ދޭ ވެކްސިންތަކުގެ ހަގީގަތަކީ ތީ!