ޚަބަރު

ޖޭޕީގެ ކޯލިޝަން ދައުވަތު އަދީބުގެ އެމްޓީޑީ އަށް ފޮނުވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

2023ގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރާ ރިޔާސީ ކެނޑިޑޭޓު ޤާސިމް އިބްރާހީމުގެ ކޯލިޝަންގައި ބައިވެރިވުމަށް މަސްވަރާކުރުމުގެ ދައުވަތު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އަށް ފޮނުވައިފިއެވެ.

Ads by STELCO

މި ނޫހަށް ވަނީ ސިޓީގެ ކޮޕީއެއް މިރޭ ލިބިފައެވެ. މި ސިޓީ ފޮނުވާފައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓުގެ ހައްސިޔަތުން ޤާސިމް އިބްރާހީމް ސޮއި ކުރައްވާފައިއެވެ.

މި ސިޓީގައި ބުނެފައިވަނީ 2023ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ޖުމްހޫރީ ޕާޓީއިން މަތިކޮށްފައިވާ ޒިންމާއާއިގެން ކުރިޔަށް ދިޔުމަށް، ގިނަ ބައެއްގެ ބައިވެރިވުން އޮންނާނެ ގޮތެއްގެ މަތިން ޤައުމުގެ ކަންކަން އިސްލާހުގެ މަގަށް ގެނައުމަށް އެމްޓީޑީ އާއި އެކު ޤާސިމް އިބްރާހީމު މަސްވަރާކުރުމަށް ބޭނުންވާކަމަށެވެ.

މީގެ ކުރިން ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއާއި، އެމްއެންޕީގެ އިތުރުން އިދިކޮޅު ޕީޕީއެމްއަށް ވެސް ޤާސިމް ވަނީ ކޯލިޝަން ދައުވަތު ދީފައެވެ. އަދި ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރަށް ވެސް ޖޭޕީން ވަނީ ކޯލިޝަން ދައުވަތު ފޮނުވައިފައެވެ.

ރިޔާސީ އިންތިޚާބުގައި ދެން ވާދަކުރައްވާ، އެމްޑިޕީގެ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަަދު ޞާލިޙްވަނީ ވަނީ އަދާލަތު ޕާޓީ އާއި އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭއާއެކު ކޯލިޝަން ހައްދަވައިފައެވެ. ރައީސް ޞާލިޙްގެ ފަރާތުން އެމްއާރުއެމްއަށް ވެސް ވަނީ ކޯލިޝަން ދައުވަތު ހުށަހަޅާފައެވެ.

 

Ads by HDC
  1. ދިސްވޭ

    ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން ގާސިމް ރައީސް އަކަށް އަދި އަންނި ނައިބް ރައީސް އަކަށް ހޮވަމާ އަންނި އެއްގޮތަކަށް ވެސް ނުދެކޭށޭ ނައިބް ރައީސްގެ މަގާމަކީ އެއީ ދަށް މަގާމެއް ކަމަށް މަގާމެއް ނޫނޭ މުހިއްމީ މުހިއްމީ ނައިބް ރައީސް ކަމުގައި އަންނި ހުރުމުން އެއީ ސަރުކާރުގެ ދެވަނަ މަގާމް ކަމަށް ވުމުން ރައީސުލް ޖުމްހޫރިއްޔާ އަށް ލަފާ ދޭއިރު ގައި ގާތުން ލަފާ ދެވޭ މީހަކަށް ވެ އަދި މާލީ ވަޒީރު ކަމާއި ހަވާލުވެ ހުރެ ސަރުކާރުގެ ތެރޭގައި ތިބި ދަ ކިއްލި ތަޅާ ކިޔަވައިގެން އައިސް ތިބި ރާއްޖެތެެރެ އާއި މާލޭގެ ބޮޑެތި ވަގުންތައް ނެެރެ އެއްލާލާ ސަރުކާރު ސާފު ކުރުމޭ މިސާފުކުރުމުެގ ތެރޭގައި ކޯޓް ތެރޭގައި ތިބި ބޮޑެތި ކޮރަޕްޓް ކާރޓެލްސް އިން ތައް ވެސް ބޭރުކުރެވޭނެއޭ ފުރަތަމަ މުސާރަ ނުދީ ހިފަހައްޓާނީ ދެން ކޯޓް ތަކުން ކަރަންޓާއި ފެނާއި ފޯނާއި ޑޭޓާ ކަނޑާލާނީ އެއިރުން ޖެހޭނީ އެމެންގެ ސައިޒަށް އެމެން ތިރިވާން މިކަން ކަން ކުރެވޭނީ އަންނި ރާއްޖޭގެ ނައިބް ރައީސް ކަމަށް އަދި ގާސިމް ރައީސް ކަމަށް އައިސްގެންނޭ އަމްރު މެންގައިގައި އެ ގަޓްސް ނުހުންނާނެއޭ….

  2. ވަގުންނޭ

    މާލީ ސިޔާސަތު ބަދަލު ކުރަނީ އެންމެ އަސަރު ކުޑަވާ ގޮތަށޭ އެހެންވެ ދޯ ޓެކްސް ބޮޑުކުރީ އެހެންވެ ދޯ ކޮތަޅު ޓެކްސް ބޮޑުކުރީ އެހެންވެ ދޯ ތެލުގެ އަގުބޮޑު ކުރީ އެހެންވެ ދޯ ހިޔާ ފްލެޓްސް ކުރީ ސަރުކާރުން މަހަކު 1 ހާސް ރުފިޔާ ކުއްޔަށް ދޭން ނިންމާފައި އޮތްވާ ތަމެންގެ ކައްޕަޅި ބަނޑުއަކިރި ވަޒީރުން ތިބި ސަރުކާރުން 18 ހާހަށް ފްލެޓްްސް ތައް މަހު ކުއްޔެއްގެ ގޮތުގައި ހެދީ އެހެންވެ ދޯ މާލެ ސަރަހައްދުގައި ތިބޭ ވިޔަފާރިވެރިން ފެލާލަން މީރާއިން ވާނުވާ އެއްޗެހި އައިސް ވައްކަން ކުރާ ވަގުން ގޮތަށް މާލޭގެ ވިޔަފާރިވެރިން ފެލަނީ މީރާ އަކީ ސީދާ ފަސްމާމުލު ފަސްވަގުންގެ ދަރިން ބޮޑުންނަށާއި ކުޑައިންނަށް ތިބެ ވައްކަން ކުރަމުންދާ ވަގުންތެކެކޭ މީރާ ކުރަނީ ވައްކަމޭ އެއީ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ