Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

އިންތިގެ ފާޑުކިޔުން ޝިޔާމާއި ރައީސަށް، ކިޔައިދެއްވީ "ޒީރޯ ޓޮލަރެންސްގެ ގުޅުން"

އިންތިގެ ފާޑުކިޔުން ޝިޔާމާއި ރައީސަށް، ކިޔައިދެއްވީ "ޒީރޯ ޓޮލަރެންސްގެ ގުޅުން"

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި އެމަނިކުފާނުގެ ކޯލިޝަން ބައިވެރިޔާ އެމްޑީއޭގެ ލީޑަރ އަހުމަދު ޝިޔާމް މުހައްމަދު (ސަން ޓްރެވަލް ޝިޔާމް) އާއި ދެމެދު އޮންނަނީ "ޒީރޯ ޓޮލަރެންސްގެ ގުޅުމެއް" ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ފާޑުވިދާޅުވެއްޖެއެވެ.

އިންތި ވަނީ ރައީސް ޞާލިހާއެކު ޝިޔާމް ކޯލިޝަން ހެދުމާއެކު އޭނާ ސަރުކާރަށް ދައްކަން ހުރި ފައިސާ ދެއްކުން ފަސްކޮށްފައިވާކަމަށް ތުހުމަތު ކުރައްވައި، އެފަދަ މައްސަލަތައް އޮއްބައިލާނެކަމަށް ވިދާޅުވެފައެވެ.

"ޒީރޯ ޓޮލޮރެންސްގެ ގުޅުން: • ކޯލިޝަން ހެދުމާ އެކު އަނެއް ދުވަހު ކޯޓުން އައި ހުކުމަކީ ދައްކަންޖެހިފައިވާ ފައިސާ ދެއްކުން ފަސްކުރުން • ދެން އެވާހަކަ ލިޔުނު ނޫސްވެރިންނަށް މަރުގެ އިންޒާރު ދިނުން • ދެން ކޮޅެއްގައި ނުޖެހި އިންޒާރުގެ މައްސްލަ އޮބިގެން ދިއުން" އިންތި ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

އިންތި މިހެން ވިދާޅުވިއިރު، ޝިޔާމް ރައީސާއެކު ކޯލިޝަން ހެއްދެވީ "ޑީލެއް"ގެ ދަށުން ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. އަދި ޝިޔާމްއާއި ރައީސް ޞާލިހާއެކު ހެދި ކޯލިޝަނާއި ގުޅޭގޮތުން ދައުރު ނޫހުގައި ލިޔުނު އާޓިކަލް އަކާއި ގުޅިގެން ޝިޔާމްވަނީ އެނޫހުގެ އެޑިޓަރަށް އިންޒާރުދީ ބިރު ދައްކާފައިކަމަށް އެނޫހުން ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް