ޚަބަރު ސިޔާސީ

ގުރައިދޫ ދާއިރާގެ ގޮނޑި ލިބުމަކީ ހެޔޮ ފާލެއް: ޝަރީފު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބުމަކީ ހެޔޮ ފާލެއްކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝަރީފު ވިދާޅުވީ ގުރައިދޫ ދާއިރާގެ ގޮނޑިއަކީ އެމްޑީޕީއަށް ފަހުރެއްކަމަށެވެ. އަދި 2023 އަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ކާމިޔާބު ވާނެކަމުގެ ހެޔޮ ފާލެއްކަމަށެވެ.

"ތިއީ އަޅުގަނޑުމެން އެމްޑީޕީ ވަރަށް ފަހުރުވެރިވާ ގޮނޑިއެއް. އިބްރާހިމް މުހައްމަދު ޞާލިހަށް ހެޔޮފާލެއް. ރިޔާސީ އިންތިހާބު 2023 ގެ އިންތިހާބަށް. ތިލަފަތަށް ވާނެ" ގޮނޑި ކާމިޔާބު ކުރެއްވި ޝާޒަށް މަރުހަބާ ދަންނަވައި ޝަރީފު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

14 އަހަރަށް ފަހު ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ލިބުމަކީ އެޕާޓީއަށް ލިބުނު ބޮޑު ކާމިޔާބެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހުވެސް ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ސަރުކާރު ހިނގާ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓް ކާމިޔާބު ކުރުމާއެކު އިދިކޮޅުން ވަނީ ސަރުކާރުން އިންތިޚާބަށް ބޮޑެތި ނުފޫޒުތައް ފޯރުކޮށްފައިކަމަށް ބުނެ ދަނީ ތުހުމަތު ކުރަމުންނެވެ. އަދި މި އިންތިޚާ ސަރުކާރުން ކާމިޔާބު ކުރިނަމަވެސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ޕީޕީއެމުންކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!