ޚަބަރު އިޖުތިމާޢީ

ނަޢީމާގެ މަރު: ތަހުޤީޤު ޓީމަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ސީޕީ ވިދާޅުވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިމަހުގެ 7 ވަނަ ދުވަހު މަނަދޫގައި މަރުވެފައި އޮތްވާ ފެނުނު ނ.މަނަދޫ އަންނާރުމާގެ ނަޢީމާ މޫސާގެ މަރުގެ މައްސަލަ ތަހުޤީޤު ކުރަމުން އަންނަ ޓީމާމެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޚައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަނަދޫގައި ހަރަކާތްތެރިވާ ފުލުހުންގެ ތަހުޤީޤު ޓީމުން ދަނީ ވަރުބަލިކަމެއް މަސައްކަތްކުރަމުންކަމަށެވެ. ނަޢީމާގެ މަރުގެ ފަހަތުގައިވާ މީހަކު ނުވަތަ މީހުން ހޯދުމަށް ހަރަކާތްތެރިވާ އިންވެސްޓިގޭޓަރުން، ފްރޮންސިކް އަދި މަނަދޫ ޕޮލިސްގެ ފުލުހުންގެ މަސައްކަތާއިމެދު ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

އަނިޔާތަކަކާއެކު ނަޢީމާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގެއިންނެވެ.

މުޅި މަނަދޫއަށް ސިހުން ގެނުވި މި މަރުގެ މައްސަލައާ ގުޅޭ ބަޔާނެއް، ފުލުހުން މީގެ ކުރިންވަނީ ނެރުއްވައިފައެވެ. އެ ބަޔާނުގައި ފުލުހުން  ވިދާޅުވީ، ނައީމާގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރުމުން، މައްސަލަ ތަހުޤީޤު ކުރަމުން އަންނަނީ "ހޯމިސައިޑް އިންވެސްޓިގޭޝަން"އެއްގެ ގޮތުގައި ކަމަށެވެ. މާނަ އަކީ، މީހަކު ނުވަތަ ބަޔަކު އޭނާ މަރައިލައިފައިވާ ކަމަށް ތުހުމަތު ކުރެވުމެވެ.

ނައީމާގެ ހަޑިގަނޑުގައި އަނިޔާތަކެއް ކޮށްފައިވާކަން އެނގުނަސް، އެ އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެއްވައެވެ. އަދި މިމައްސަލައިގެ ތަހުގީގުގައި މަނަދޫގެ ބައެއް މީހުންގެ ގައިން ސާމްޕަލްތަކެއް ފުލުހުން ވަނީ ނަގައިފައެވެ.

Ads by HDC
  1. ދޮގޭދޮގޭދޮގޭ

    ނައީމާގެ މަރުގެ ގާތިލް ނުހޯދޭނެއޭ ފުލުހުން އަރިއަތޮޅު ރަށަކުން މަރާލި މީހަކުގެ ގާތިލް އޭ ބުނެ ހައްޔަރު ކުރި ބަންގާޅު މީހާ ވެސް އެންމެ ފަހުން ބުނީ އޭނާ އަށް ފުލުހުން އޮޅުވާލައިގެން އޭނާ ރަށަށް ފޮނުވާނަމޭ ބުނެ އޭނާ ލައްވާ ދޮގު ބަޔާން ތަކެއް ކަން ދިނީ ފުލުހުން މީގައި ވަރަށް ނުބައި ރޯލް ކުރޭ ބަޔާން ތައް ދޮގު ބަޔާން ތަކަށް ބަދަލު ކުރުމަށް ދެން އަނެއް ކޮޅުން ފުލުހުން ދައްކާ ވާހަކަ އެކަނި ނޫސް ތަކުގައި ޖަހަނީ ހައްޔަރު ކުރާ މީހާގެ ފަރާތުން އޭނާގެއާއިލާގެ ވާހަކަ ނުދައްކާދޯ…