ރާއްޖޭގެ ބޯޑާ ސެކިއުރިޓީ ވަރުގަދަކުރުމަށް ޖަޕާނުން ރާއްޖެއަށް 73 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާކޮށްފިއެވެ.
ޖަޕާން ސަރުކާރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އިކުއިޕްމެންޓާއި ވެހިކަލް ހަދިޔާކޮށްފައިވަނީ މޯލްޑިވްސް ކަސްޓަމްސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީން ބުނިގޮތުގައި ޖަޕާނު ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި މިތަކެތި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފްއާ ހަވާލުކޮށްފައިވާ ކަމަށާއި އެތަކެތި ހަވާލުކޮށްދެއްވީ ޖަޕާނު އެމްބެސެޑަރު ޓެކިއުޗި މިޑޯރީކަމަށެވެ.
ޖަޕާނު ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ހިމެނެނީ
- އެއް ޓޮޔޯޓާ ވޭން
- އެއް ޓޮޔޯޓާ ވެގަން
- ދެ މަޒްޑާ ސެޑަން ކާރު
- އަށް ހޭންޑީ ޓައިޕް ރާމަން ސްޕެކްޓްރޯމީޓަރު
- ހަތަރު ކައުންޓާފެއިޓް ބިލް ޑެޓެޓޯ
- ދެ މޯބައިލް އެކްސްރޭ ސްކޭނަރު
- ތިން ސްޕެއާ ޕާޓްސް އޮފް އިކުއިޕްމެންޓް
- އެއް ލޮޓް ސްޕެއާ ޕާޓް (މަޒްޑާ)
- އެއް ބޮކްސް އަދި އެއް ވެހިކަލް ޕެލެޓް ސްޕެއާ ޕާޓްސް ހިމެނެއެވެ.
މިތަކެތި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ މާރިޔާ ވިދާޅުވީ ޖަޕާނަކީ އަބަދުވެސް ރާއްޖޭގެ ސަލާމަތީ ބާރުތައް ދަމަހައްޓަން އެހީތެރިކަން ފޯރުކޮށްދޭ ޤައުމެއް ކަމަށާއި ޖަޕާނުން މިހާތަނަށް ރާއްޖެއަށް ތަފާތު އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި މިފަދަ ގާތް ގުޅުމެއް ބާއްވާތީ ޖަޕާނު ސަރުކާރަށް މާރިޔާ ވަނީ ޝުކުރު އަދާކޮށްފައެވެ.
ތިވެސްކާލާނީ
ކިތަނމެ އެހީއެއދިނަސް އަޅަނީ ބަނޑަށް
އަބަދު ސަލާމް ޖަހާ ޤައުމަކަށް ދިވެހުރާއްޖެ ހަދައިގެން މިއުޅެނީ، ސަލާމް ޖަހައިގެން ލިބޭ އެތިކޮޅަށްވެސް ވާގޮތެއް ނޭގޭ ބައިތުލް މާލަކަށް ނުވާދޭ !