މެލޭޝިއާއާއި އިންޑޮނޭޝިއާއަށް އީދު ދުވަހަކީ ހޮނިހިރު ދުވަސް

މެލޭޝިއާއާއި އިންޑޮނޭޝިއާއަށް އީދު ދުވަހަކީ ހޮނިހިރު ދުވަސް ކަމަށް ކަނޑައަޅައއެވެ.
އެ ޤައުމުތަކުގެ ދީނީ ކަންކަމާބެހޭ ކޮމިޓީން އިއުލާން ކޮށްފައިވާ ގޮތުގައި މިއަދުގެ އިރު އޮއްސުނުއިރު ޝައްވާލްމަހުގެ ހަނދު ފެނިފައި ނުވާތީ އެގައުމަށް މިއަހަރުގެ ފިތުރު އީދު ދުވަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޮނިހިރު ދުވަސް ކަމުގައެވެ.
ފަލަކީ ހިސާބުން ދައްކާ ގޮތުގައި ރާއްޖެއަށް އީދު ވާނީ ހުކުރު ދުވަހަށެވެ. ނަމަވެސް ހަނދު ސާބިތު ކުރުން އޮންނަނީ މިރޭއެވެ.