Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އިންތި ގޮވައިގެން ރޮޒައިނާ ޕޮލިހަށް

އިންތި ގޮވައިގެން ރޮޒައިނާ ޕޮލިހަށް

ފުރާނަޔަށް ނުރައްކާވާފަދަ ދޮގު ތުހުމަތުތަކެއް ކޮށްފައިވާކަމަށް ބުނެ ރައްޔިތުންގެ މަޖިލީގުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމަބްރު ރޮޒައިނާ އާދަމް ފުލުހުންނަށް މައްސަލަ ހުށައަޅައިފިއެވެ.

ރޮޒައިނާ ވިދާޅުވީ ސިޔާސީވުމަކީ އަނެކާއަށް އަނިޔާދޭން އުޅުން ނޫންކަމަށާއި އިންތިގެ މިއަމަލު ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށެވެ.

https://twitter.com/Roxeyna/status/1649125354446151681

Advertisement
Ooredoo — Truecaller (box)

އިންތި އާއި ދެކޮޅަށް ރޮޒައިނާ ފުލުހަށް މައްސަލަ ހުށައެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ދަށް ކުރުމަށް ގޮވާލާ ރޮޒައިނާ ވާހަކަފުޅު ދައްކަވާފައިވާކަމަށާއި މިކަމަކީ ރައީސް ނަޝީދަށް އިތުރު ހަމަލާއެއް ދިނުމަށް ރާވަމުންދާކަމަށް ތުހުމަތު ކުރެވޭ ކަމެއް ކަމަށް ބުނެ އެމައްސަލަ ބަލައި ދިނުމަށް އެދި އިންތި ފުލުހަށް ސިޓީ ފޮނުވާފައިވަނިކޮށެވެ.

އެކަމާ ގުޅިގެން މެމްބަރު ރޮޒައިނާ ވަނީ އިންތިގެ އެ ތުހުމަތުތައް ދޮގު ކުރައްވައި، އެ މައްސަލަ ބަލައިދިނުމަށް ފުލުހަށް ހުށަހަޅުއްވައިފައެވެ.

ރޮޒައިނާގެ ސިޓީގައި ވިދާޅުވެފައިވަނީ، އޭނާ އަކީ ދުވަހަކުވެސް މީހަކަށް އަނިޔާދިނުމަށް މަސައްކަތްކުރި އަދި އެފަދަ ކަމެއް ކުރަން ހިތަށްވެސް އެރުވި މީހެއް ނޫން ކަމަށެވެ. އަދި ނަޝީދަށް ދިން ބޮމުގެ ހަމަލާ އޭރުވެސް އަދި މިއަދުވެސް ކުށްވެރިކުރާ ކަމަށް އޭނާގެ ސިޓީގައި ފާހަގަކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް