ޚަބަރު

ބަދުއަޚްލާގީ މައްސަލައެއްގައި ޙުކުމް ތަންފީޒް ކުރަމުން ދިޔަ ގައިދީ ނިޔާވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބަދުއަހުލާގީ މައްސަލައަކާ ގުޅިގެން މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ބިދޭސީއަކު މަރުވެއްޖެ އެވެ.

Ads by STELCO

ކަރެކްޝަނަލް ސާވިސް އިން ބުނި ގޮތުގައި މަރުވެފައި ވަނީ ބަންގްލަދޭޝް މީހެއް ކަމަށްވާ، އަމީނުލް އިސްލާމް، 29 އެވެ.

އޭނާ މަރުވެފައިވާކަން އެނގުނީ ހެނދުނުގެ ނާސްތާ އަށް ނުހޭލުމުންނެވެ. ކަރެކްޝަނުން ބުނީ އޭނާގެ އެއްވެސް ހަރަކާތެއް އެވަގުތު ނެތުމާ ގުޅިގެން އެމަޖެންސީގައި މާފުށީ ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ހެލްތު ސެންޓަރާ ހަވާލާދީ ކަރެކްޝަނުން ބުނި ގޮތުގައި ހިތްހުއްޓިގެން އޭނާ މަރުވެފައި ކަމަށް ޑޮކްޓަރު ކަނޑައަޅާފައި ވަނީ މެންދަމު 2:10 ހާއިރެވެ.

އޭނާއަކީ ބަދްއަހުލާގީ އަމަލު ހިންގުމާ ގުޅިގެން ހަތް އަހަރު ދުވަހުގެ ހުކުމެއް ތަންފީޒުކުރަމުންދިޔަ މީހެކެވެ. އަދި އޭނާއަކީ އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުންދިޔަ މީހެއް ނޫން ކަމަށް ވެސް އެތަނުން ބުންޏެވެ.

ކަރެކްޝަނުން ބުނީ އޭނާގެ މަރުގެ މައްސަލަ އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސާއި ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ އިތުރުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.

  1. މުރާނާ

    މުސްލިމުންގ އަދުގ ޙާލަތ މުސްލިމަކ މަރުވީމ އޭނަގ ފާފަތައ ނޫސްވެރިނ އުފުލައ ދިނުނ ޢާއްމުވެއްޖެ