މުނިފޫހިފިލުވުން

އެތައް ދުވަހަކަށްފަހު ކަރަން ޖޯހަރް ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

 

Ads by STELCO

ބޮލީވުޑްގެ އެކްޓަރ ސުޝާންތު ސިންގް ރާޖްޕޫތު މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު ދަންޖެހިގެން މަރުވި ފަހުން، ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ފުރައްސާރަ އާއި ކުރިމަތިލާން ޖެހުނީ މަޝްހޫރު ފިލްމު ޕްރޮޑިއުސަރ ކަރަން ޖޯހަރު އާއެވެ.

ސުޝާންތު އާއި ބޮލީވުޑްގެ އެހެން ތަރިންނާއި ތަފާތު ކުރިކަމަށް ބުނެ، ސުޝާންތުގެ މުޅި ކެރިއަރު ހަލާކު ކުރުމަށް އަތުކުރި އޮޅާލައިގެން ކަރަން ޖޯހަރް ހުރި ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ވަނީ އޭނާއާއި ދިމާލަށް ނުރުހުމުގެ ބަސްތައް ބުނެފައެވެ.

ގިނަ ބަޔަކު ޤަބޫލު ކުރި ގޮތުގައި ކަރަން ޖޯހަރު ބޭނުންވީ ފިލްމީ ދާއިރާގައި ކުރިން މަސައްކަތް ކޮށްފައިވާ، ފިލްމީ އާއިލާތަކަށް ނިސްބަތްވާ މީހުންނަށް ފިލްމުތަކުން ފުރުސަތު ދޭށެވެ.

މީގެއިތުރުން ސުޝާންތުގެ ކެރިއަރު ހަލާކު ކޮށްލާނެ ކަމަށް ކަރަން ބުނި ކަމަށް ވެސް މީހުން ތުހުމަތު ކޮށްފައިވެއެވެ.

އެތުހުމަތުތަކަށް ކަރަން އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ. އޭގެއިތުރުން އެއްވެސް ޕޯސްޓެއް ވެސް ކަރަން ސޯޝަލް މީޑިއާގައި ކޮށްފައެއް ނުވެއެވެ.

ނަމަވެސް ސުޝާންތު މަރުވިތާ ދެމަސް ފަހުން، ކަރަން މިއަދު މިވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފައެވެ.

ގިނަ ދުވަސް ތަކަކަށްފަހު ކަރަން ކުރި އެޕޯސްޓުން ފެންނަނީ އިންޑިއާގެ ދިދައެވެ.

މިއަދަކީ އިންޑިއާގެ މިނިވަސް ދުވަސް ކަމުގައިވާތީ، ކަރަން ޖޯހަރް ވަނީ މިއަދުގެ ތަހުނިޔާ އިންޑިއާގެ ހުރިހާ ރައްޔިތުންނަށް ފޮނުވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!