ޚަބަރު ސިޔާސީ

މިއަދަކީ ފަހުގެ ތާރީހުގައި ރާއްޖެއަށް ވެރިއަކު އެއްމެ އަނިޔާވެރިވާނެ ދުވަސް, ސައީދުގެ ގިނަ ސުވާލުތަކެއް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިއަދަކީ ފަހުގެ ތާރީހުގައި ރާއްޖެއަށް ވެރިއަކު އެއްމެ އަނިޔާވެރިވާނެ ދުވަސް ކަމަށާއި ވަޒަންކުރަންދަތި އަދި ދިވެހިންނަށް ވަކާލާތު ކުރުމުގެ ޙައްގު އޮތް މުއްސަނދި ވަސީލަތެއް ފިކުރެއް ހިޔާލެއް ނެތި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ދޫކޮއްލި ދުވަސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ގިނަ ސުވާލުތަކަކާއެކު ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ޤައުމަށް ޤައްދާރުވުން ނޫންނަމަ ދެންޤައްދާރުވެވޭނެ އިތުރުގޮތެއްވަކި އޮއްނާނެތޯ އައްސަވައި ސުވާލު އުފައްދާފައެވެ.

"މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވިސިއްރުސިޓީ ރައްޔިތުންގެ މަޖިލީހަށްސިއްރުކުރީ ކީއްވެ؟ މިލްކުވެރިކަން ނުނިއްމަނީސް ކަނޑުގެ އިންވަކިކުރަން ދިވެހިސަރުކާރު އެއްބަސްވީ ކީއްވެ؟ ޝައްކު އުފެދުމުން ޗެލެންޖުކޮށް ސިޓީފޮރުވުމުގެ ބަދަލުގައި މަޖިލިސް، މަޖިލީހުގެކަމާއިބެހޭ ކޮމެޓީތައް، ސިޔާސީޕާޓީތައް ނުވަތަ ދިވެހި ރައްޔިތުންނާއި ތަފްސީލްތައް ހިއްސާނުކުރީ ކީއްވެ؟ ވަޒީރުންގެ މަޖިލިސްގައި މަޝްވަރާނުކުރީ ކީއްވެ؟ މިއީ ޤައުމަށް ޤައްދާރުވުން ނޫންނަމަ ދެންޤައްދާރުވެވޭނެ އިތުރުގޮތެއްވަކި އޮއްނާނެތޯ؟" ސައީދު ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި ޗާގޮސްގެ ޖަޒީރާތަކާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދު ބަހާލުމަށް މޮރިޝަސްގެ ދައުލަތުން ދިވެހި ދައުލަތުގެ މައްޗަށް، އިޓްލޮސްއަށް ހުށައަޅާފައިވާ މައްސަލައިގައި މިއަދު ގޮތް ނިންމުމަށް ހަމަޖެހިފައިވާއިރު މިކަމާމެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކަނޑުތަކާބެހޭ ބައިނަލްއާޤްވާމީ ޓްރައިބިއުނަލަށް މޮރިޝަސްއިން ހުށަހެޅީ ސަރަހައްދީ އިމުގެ މައްސަލަ އެވެ. އެ މައްސަލާގެ އަޑުއެހުންތައް އެ ޓްރައިބިއުނަލުން މިދިޔަ އަހަރު ވަނީ ނިންމައިލައިފައެވެ. އިޓްލޮސްއިން ބުނިގޮތުގައި އެ މައްސަލާގެ ޓްރައިބިއުނަލްގެ ނިންމުން މިމިއަދު މެންދުރުފަހު އިއްވާނެ ކަމަށެވެ. އެ މަޖިލިސް ލައިވްކޮށް ދައްކާނެ ކަމަށް ވެސް އިޓްލޮސްއިން ބުންޏެވެ.

Ads by HDC
  1. ދޮގޭދޮގޭ

    އެމްޑީޕީ ހަރާމްކޯރު ބަތާހަރާމީންނޭ ތަމެން ހަދަނީ ރޯބުހުތާނު ދޮ.ގޭ ތަމެން ހަދަނީ ރޯބުހުތާނު ދޮ.ގޭ ތަމެން ހަދަނީ ރޯބުހުތާނު ދޮ.ގޭ ތަމެން ހަދަނީ ރޯބުހުތާނު ދޮ.ގޭ ތަމެން ހަދަނީ ރޯބުހުތާނު ދޮ.ގޭ ތަމެން ހަދަނީ ރޯބުހުތާނު ދޮ.ގޭ ތަމެން ހަދަނީ ރޯބުހުތާނު ދޮ.ގޭ ތަމެން ހަދަނީ ރޯބުހުތާނު ދޮ.ގޭ ތަމެން ހަދަނީ ރޯބުހުތާނު ދޮ.ގޭ

  2. އައިމިނަ

    ދެން މިރޭ ޖަލްސާ ކޮތަޅުން ޗާގޯސް އަށް ބަދަލުވެ، ދެން ކިޔާނީ ކީކޭ ހެއްޔެވެ؟ ފަތަފޮޅި ޖަލްސާ ކިޔަންވީ ނޫންހެއްޔެވެ؟