Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

މޮރިޝަސްއަށް ގޮސް "ފައްޓަރުބައި" ހޯދުމުގެ ބަދަލުގައި އެކަން ކުރެއްވިނަމަ މިއަދު ޗާގޯސްއޭ ކިޔާފަ އަނގަހުޅުވުމުގެ ފުރުސަތު އޮތީސް: ރޮޒައިނާ

މޮރިޝަސްއަށް ގޮސް "ފައްޓަރުބައި" ހޯދުމުގެ ބަދަލުގައި އެކަން ކުރެއްވިނަމަ މިއަދު ޗާގޯސްއޭ ކިޔާފަ އަނގަހުޅުވުމުގެ ފުރުސަތު އޮތީސް: ރޮޒައިނާ

2009 ގަ މޮރިޝަސް އަށް ގޮސް ފައްޓަރުބައި ހޯދުމުގެ ބަދަލުގަ އެކަން ކުރެއްވިނަމަ މިއަދު ޗާގޯސްއޭ ކިޔާފަ އަނގަހުޅުވުމުގެ ފުރުސަތު އޮތީސްކަމަށާއި ގައުމަށް ޣައްދާރުވީ މީހުން މިއަދު މިއޮތީ ސާފުވެފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

2009 ވަނަ އަހަރުގައި ވެރިކަމުގައި ހުންނެވި ރައީސް ނަޝީދަށް ފާޑުވިދާޅުވެ ރޮޒައިނާ މިއަދު ވިދާޅުވީ 2009 ގެ ކުރިންވެސް ރާއްޖެއިން މި "ކްލެއިމް" ކޮއްފައި ނުވާކަމަށެވެ. އަދި 2009 ގަ އަދި އޭގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅެއްވެސް، އެޓާރނީ ޖެނެރަލެއްވެސް ދެން ރަނގަޅުވާނީ ގިނަ ވާހަކަތައް ދެން ނުދެއްކެވިއްޔާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

'ގައުމަށް ގައްދާރުވި މީހުން މިއަދު މިއޮތީ ސާފުވެފަ. 2009 ގެ ކުރިންވެސް ރާއްޖެއިން މި ކްލެއިމް ކޮއްފައެއްނުވޭ! 2009 ގަ އަދި އޭގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅެއްވެސް، އެޓާރނީ ޖެނެރަލެއްވެސް ގިނަ ވާހަކަތައް ދެން ނުދެއްކެވިއްޔާ ރަނގަޅީ. ތިއެންމެން ޒިންމާވޭ މިކަމުގަ!" ރޮޒައިނާ ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ރޮޒައިނާ އިތުރަށް ވިދާޅުވީ މިއަދު ޗާގޯސް އަކީ ރާއްޖޭގެ ބައެކޭ ކިޔައިގެން ސިޔާސީ ލީޑަރުން މިދައްކާ ވާހަކަތަކަކީ ސީދާ ސިޔާސީ ބޭނުމުގަ ދައްކާ ވާހަކަމަށާއި އެހެންނޫންނަމަ ރާއްޖެއިން ޗާގޯސް އަށް "ކްލެއިމް" ކުރީސްކަން ޔަގީން ކަމަށެވެ.

"ދިވެހިންނަށް މިއަދު މިކަން ސާފުވެއްޖެ. އިތުރު ފިތުނަހަދާނެޖާގަ އެއްނެތް" ރޮޒައިނާ ވިދާޅުވިއެވެ

ޖަރުމަނުގެ ހެމްބާގުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިއަދު މެންދުރު ފަހު ރާއްޖެ ގަޑިން 2 ޖެހިއިރު އިއްވި ހުކުމްގައި ބުނީ ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ. މިއާއެކު ރާއްޖޭގެ މަސްވެރިން މަސްވެރިކަން ކުރާ ކަނޑުގެ ސަރަހައްދުން 40000 އަކަ ކިލޯ މީޓަރަށްވުރެ ބޮޑު ބައެއް ގެއްލޭނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް