Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

އިޓްލޮސްއިން ހުކުމްކުރީ ދިވެހިން ބޭނުންވާގޮތަކަށް ނޫން, ޣައްދާރުން ބޭނުންވިގޮތަށް: އަދުރޭ

އިޓްލޮސްއިން ހުކުމްކުރީ ދިވެހިން ބޭނުންވާގޮތަކަށް ނޫން, ޣައްދާރުން ބޭނުންވިގޮތަށް: އަދުރޭ

އިޓްލޮސްއިން ހުކުމްކުރީ ދިވެހިން ބޭނުންވާގޮތަށް ނޫންކަމަށާއި އެއީ ގައުމުގެ ޣައްދާރުން ބޭނުންވިގޮތް ކަމަށް އިދިކޮޅު ލީޑަރ އަބްދުﷲ އަބްދުލްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ ވިދާޅުވީ މިއަދަކީ ދިވެހި ގައުމުދުށް އެންމެ ކަޅު ދުވަސްކަމަށެވެ.

"މިއަދަކީ ދިވެހި ގައުމު ދުށް އެންމެ ކަޅު ދުވަސް. ދިވެހި ރާއްޖޭގެ ތާރީޚު ލިޔާން ފެށީއްސުރެ މިއަދާ ހަމައަށް ރައީސް އިބްރާހިމަށް ވުރެ ގައުމާ ރައްޔިތުންނަށް ޣައްދާރުވެރިވި ވެރިޔަކު ތާރީޚު ދެކެފައެއް ނެތް. އިޓްލޮސްއިން ހުކުމްކުރީ ދިވެހިން ބޭނުންވާ ގޮތަކަށް ނޫން. ގައުމުގެ ޣައްދާރުން ބޭނުންވި ގޮތަށް" އަދުރޭ ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ޖަރުމަނުގެ ހެމްބާގުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިއަދު މެންދުރު ފަހު ރާއްޖެ ގަޑިން 2 ޖެހިއިރު އިއްވި ހުކުމްގައި ބުނީ ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ. މިއާއެކު ރާއްޖޭގެ މަސްވެރިން މަސްވެރިކަން ކުރާ ކަނޑުގެ ސަރަހައްދުން 40000 އަކަ ކިލޯ މީޓަރަށްވުރެ ބޮޑު ބައެއް ގެއްލޭނެއެވެ.

އިޓްލޮސްގެ ހުކުމާއެކު ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންކަން ފާހަގަކޮށްލެވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް