Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ރައީސް ޞާލިހް މަޑުން ހުންނަވާފަ އަނެއްކާވެސް ރިއެކްޓްކުރައްވައިފި: މަހްލޫފް

ރައީސް ޞާލިހް މަޑުން ހުންނަވާފަ އަނެއްކާވެސް ރިއެކްޓްކުރައްވައިފި: މަހްލޫފް
ރައީސް ޞާލިހް މަޑުން ހުންނަވާފަ އަނެއްކާވެސް ރިއެކްޓްކުރައްވައިފި ކަމަށާއި 58 އަހަރުވަންދެން ކާމިޔާބު ނުހޯދި އޮތް މައްސަލައަށް ހައްލު ހޯއްދަވައިދެއްވައިފި ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. މަހްލޫފް މިއަދު މިހެން ވިދާޅުވީ ރާއްޖެ - މޮރިޝަސް އިމުގެ މައްސަލައިގައި އިޓްލޮސް އިން މިއަދު އިއްވި ހުކުމާއި ގުޅުވައިގެން ކުރެއްވި ޓްވީޓެއްގައެވެ. "ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މަޑުން ހުންނަވާފަ އަނެއްކާވެސް ރިއެކްޓްކުރައްވައިފި. މީގެކުރިން އެއްވެސް ސަރުކާރަކަށް ހައްލު ނުހޯދިއޮތް 58 އަހަރަށް ދިގުލައިގެން ދިޔަ މައްސަލަ، ރާއްޖެއަށް ބޮޑުބައި ލިބޭގޮތަށް އަދި ރައްޔިތުންނަށް މޮޅުވާގޮތަށް ކާމިޔާބުކުރައްވައިފި. މަރުހަބާ ދިވެހި ރައްޔިތުން،މަރުހަބާ ރައީސް، މަރުހަބާ އަބްދުﷲ ޝާހިދު، އިބްރާހިމް ރިފްއަތު އަދި ޓީމް" މަހްލޫފް ވިދާޅުވިއެވެ.
އިޓްލޮސްގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި އިއްވި ހުކުމްގައި ބުނީ ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް