ޚަބަރު ސަރުކާރު

އިޖްުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

ސަރުކާރުގެ އަމާޒަކީ ޤައުމީ އިޖްތިމާޢީ ރައްކާތެރިކަމުގެ އައު އޮނިގަނޑުގެ ތެރެއިން އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކުރެވޭގޮތަށް އެކަންއަލުން މުރާޖަޢާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

Ads by MWSC

އެކްޝަން ޕްލޭން ޓު ސްޓްރެންތެން ރީޖަނަލް ކޯޕަރޭޝަން އޮން ސޯޝަލް ޕްރޮޓެކްޝަން އޮފް މޯލްޑިވްސް އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ވިދާޅުވީ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރެއްވުމުގައި، މި ސަރުކާރުން ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާފައިވާކަމަށެވެ.

އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ރެޖިސްޓްރީ ޕޯޓަލްއެއް ތަޢާރަފްކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލާފައި ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ މިންގަނޑުތަކާއި އެއްގޮތަށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖެއިން ޔުނިވާސަލް ކޭޝް ޓްރާންސްފަރ ޚިދުމަތާއި، ތެރަޕިއުޓިކް އައިޓަމް އެލަވަންސް އަދި އެސިސްޓިވް ޓެކްނޮލޮޖީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރެވެމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިޖްތިމާޢީ ރައްކާތެރިކަން އެންމެނަށް ފޯރުކޮށްދިނުމުގައި މި ސަރުކާރުން ހޯދައިފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނުގެ ވިދާޅުވިގޮތުގައި އެކަނިވެރި މައިންނަށް ދެވޭ އެލަވަންސާއި، ޔުޓިލިޓީސް ބިލްތައް ދެއްކުމަށް ފޯރުންތެރިކަން ނެތް ޢާއިލާތަކަށް އިނާޔަތް ފޯރުކޮށްދިނުމާއި، ޕެންޝަން ސްކީމަށް ގެނެވުނު ބަދަލުތަކަކީ ރާއްޖޭގެ އެތައް ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނުވި ކަންތައްތަކެކެވެ.

މީގެ އިތުރުން ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، އެކްޝަން ޕްލޭން އޮން ސްޓްރެންތެން ރީޖަނަލް ކޯޕަރޭޝަން އޮން ސޯޝަލް ޕްރޮޓެކްޝަންއަށް ރާއްޖެއިން ވަރަށް ބޮޑަށް ތާޢީދުކުރާ ކަމަށެވެ.

ރީޖަނަލް އެކްޝަން ޕްލޭނަކީ، ސަރަޙައްދީ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމްތައް ހަރުދަނާކުރެވޭނެ ގޮތްތަކުގެ، އައު ވިސްނުންތަކުގެ މަޝްވަރާތަކާއި ސިޔާސަތުތައް ބައްޓަންކުރުމަށް މަގުފަހިކުރުވާ ޕްލެޓްފޯމެކެވެ.

  1. ކަނޑުވިއްކާ

    ކޮބާ ތަމެންގެ ސަރުކާރުން ތިޔާ ވަނީ އައްޑޫ ކަނޑުގެ އެންމެ މުއްސަނދި ޚަޒާނާ ކަމުގައިވާ ދުނިޔޭގައި އޮތް ތެލުގެ އެންމެ ބޮޑު ރިޒާރވް އާއި ރަނާއި ރިއްސާއި ޖަވާހިރާއި ދަގަނޑާއި ގުދުރަތީ ގޭހާއި އަދި އެންމެ ގިނަ މާވަހަރާއި އެންމެ ގިނަ ކަޅުބިލަމަހާއި ކަންނެލި އާއި މިއަރާއި ކަހަނަބާއި އަދި ވެލާ އާލާވާ ކަނޑޭ އަދި މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ ބޯވަދިލަ މަސް އައިނު އޮތް ކަނޑޭ އެކަނޑުގައި 1000 ޓްރިލިއަން ޓަނުގެ ބޯވަދިލަމަސް އެކަނި އެބަހުއްޓޭ މިކަނޑޭ ތަމެން މިކަނޑޭ ތިޔާ ވިއްކާލީ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ ކޮތަޅޭ ކަނޑޭ