އެތެރޭގެ އުދުހުންތަކުގެ ހިދުމަތް ރަނގަޅުކޮށް, އަގު ހެޔޮ ކުރުމުގެ މަސައްކަތް ކުރިޔަށްދާނެ: ސަރުކާރު
އެތެރޭގެ އުދުހުންތަކުގެ ހިދުމަތް ރަނގަޅުކޮށް، ހިދުމަތުގެ އަގު ހެޔޮ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެތެރޭގެ އުދުހުންތަކުގެ އަގާއި ގުޅޭގޮތުން، "ދެން" އިން ސުވާލު ކުރުމުން، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ، އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރުމަށް ކުރެވޭ މަސައްކަތުގައި ކޮންމެވެސް ވަރެެއްގެ ދަތިތަކެއް ދިމާވާނެ ކަމަށެވެ.
“އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރުމަށް ކުރެވޭ މަސައްކަތުގައި ކޮންމެވެސް ވަރެެއްގެ ދަތިތަކެއް، ތެޔޮ އަގުބޮޑުވުމުގެ ސަބަބުން ދިމާވާނެ” މިއުވާން ވިދާޅުވިއެވެ.
އެހެން ނަމަވެސް އެތެރޭގެ އުދުހުންތަކުގެ ހިދުމަތް ރަނގަޅުކޮށް، ހިދުމަތުގެ އަގު ހެޔޮ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ސަރުކާރުގެ ކުންފުނިތަކާއި، އައިލެންޑް އޭވިއޭޝަން ގުޅިގެން ކުރިޔަށްދާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.
އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑު ކުރުމާއި ގުޅޭގޮތުން މޯލްޑިވިއަނުން ބުނީ އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމަށް ޓަކައި 2019 ވަނަ އަހަރު ދިން ސަބްސިޑީގެ ފަހުން، އިތުރު އެއްވެސް އަހަރެއްގައި މޯލްޑިވިއަންއަށް ސަބްސިޑީ ދީފައި ނުވާ ކަމަށެވެ.
އަޅުގަޑުވަނީ މިދިޔަ ރޯދަމަހު އުމުރާ ދަތުރެއް ނިންމާފަ އައިސެވެ. އަޅުގަޑުގެ ކަންބޮޑުވުވަކީ ސައުދީ ސަރުކާރުން އުއުރާވެރިންނަ ހަދިޔާއެއްގެ ގޮތުގަ ދޭޒަމުޒަން ފެންފުޅިން ބަރުވީމާ ޅާރިނަގާ މައްސަލަ. މިކަހަލަ ކަމެއްގަ ޖެހޭނެ އެއަގުހުރި ޒަމްޒަމް ފެންފޮދުހިލޭދޭން