ފުއް ބަސްތާތަކެއް ދަށުވެ ދެމީހަކަށް އަނިޔާވެއްޖެ

އެސްޓީއޯ ފުއް ގުދަނުގައި ހުރި ފުއް ބަސްތާ ތަކެއް ގައިމައްޗަށް ވެއްޓި ދެމީހަކަށް އަނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އަނިޔާވި ދެމީހުންނަކީވެސް ބިދޭސީ ދެމީހުންނެވެ. އަދި އެ ދެމީހުންނަށް މިހާރު ދަނީ ފަރުވާ ދެމުންކަމަށް އެސްޓީއޯގެ އޮފިޝަލަކުވަނީ ބުނެފައެވެ. އޮފިޝަލް ބުނީ މި ހާދިސާއާ ގުޅިގެން އެސްޓީއޯއިން އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށާއި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށެވެ.
އަދި މިއަދު ވެއްޓުނު ބަސްތާތައް ވެއްޓުނީ ޕެލެޓައިޒް ނުކޮށް ހުރުމުންކަމަށާއި މިހާރު ހުރިހާ ބަސްތާއެއްވެސް ހުންނާނީ ޕެލެޓައިޒްކޮށްފައި ކަމަށްވެސް އޮފިޝަލް މައުލޫމާތު ދެއްވިއެވެ.
މިހާދިސާގައި ފުއް ބަސްތާތައް ވެއްޓުނު ވަގުތު އެކަކުގެ ނޭފަތުން ލޭ އައި ނަމަވެސް މިހާތަނަށް ހެދުނު ޓެސްޓުތަކުން ސީރިއަސް އަނިޔާއެއް ލިބިފައިވާ ކަމަށް ނުދައްކާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
ފުއްބަސްތާތަކުގެެ އެތެރެބަ ދެތިންމީހުން މަރުވީމާ ޕެލެޓުކުރުން މާރަނގަޅުވާނެއަދިތޖވީއަނިޔާއެއްތާ