ޚަބަރު ސަރުކާރު

ޙައްޖާޖީން ފުރުމުގެ އިންތިޒާމުތައް، ފުރިހަމައަށް ގެންދެވޭނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

1444 ވަނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ދާ ޙައްޖާޖީން ފުރުވުމުގެ އެންމެހައި އިންތިޒާމްތައް އެންމެ ފުރިހަމަޔަށް ގެންދެވޭނެ ގޮތަކާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއި ނައިބު ރައީސް ފައިޞަލް ނަސީމް މަޝްވަރާ ކުރައްވައިފިއެވެ.

Ads by Sosun Fihaara

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވަނީ 2019 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ޙައްޖުވެރިންގެ އިންތިޒާމްތައް ކަމާބެހޭ ހުރިހައި މުއައްސަސާއަކުން ގުޅިގެން ކުރިޔަށް ގެންގޮސްފައިވަނީ ވަރަށް ފުރިހަމަށްއަށްކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޙައްޖާޖީންގެ ކަންކަން ވީހާވެސް ގާތުން ބަލައި އެންމެހައި އިންތިޒާމްތައް ވީހާވެސް ފުރިހަމަޔަކަށް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާކަމަށާއި، އެހެން ކަމުން އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ޙައްޖާޖީންގެ އިންތިޒާމްތައް އެންމެ ފުރިހަމަޔަށް ކުރުމަށްޓަކައި ކަމާގުޅޭ މުއައްސަސާތަކުގެ ބޭފުޅުންނާއެކު ކޮމިޓީއެއް އެކުލަވާލައި އެ މަސައްކަތްތައް ވީހާވެސް ފުރިހަމަޔަށް ގެންދެވުމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް ނައިބު ރައީސް ވިދާޅުވި ގޮތުގައި ޙައްޖާޖީން ފުރުމަށް އެއަރޕޯޓަށް ގެންދިޔުމުގެ އެންމެހާ އިންތިޒާމްތައް މި ފަހަރުވެސް ސަރުކާރުން ވީ އެންމެ ރަނގަޅަކަށް ކޮށްދެއްވާނެއެވެ.

މި އަހަރު މިހާތަނަށް ރާއްޖެއިން ޙައްޖަށް ދިޔުމަށް ކޯޓާ ލިބިފައިވަނީ 1000 މީހުންނަށެވެ.

އަދި، ޙައްޖާޖީން އެއަރޕޯޓަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއިންނެވެ. މިގޮތުން ބަސްތަކާއި ފެރީ އަލި ލޯންޗް މެދުވެރިކޮށް ޙައްޖާޖީން އެއަރޕޯޓަށް ގެންދިޔުމުގެ އިންތިޒާމްތައް މިހާރު ދަނީ ކުރެވެމުންނެވެ.

  1. ރައްޔަތުމީހާ

    ރިޝްވަތު ނގާގެންހައްޖައް ގެންދާގްރޫ ޕްގެމައްސަލައެއްނެއްދެއްތޯ