ޚަބަރު އިޖުތިމާޢީ

ބޮލަށް ހެރުނު ބުޅިނަގަން އޮޕަރޭޝަން ކުރީ "ތަފާތު ޑޮކްޓަރެއް" ބޭނުން ކުރީ ތަފާތު "އާލާތެއް" !

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރާއްޖޭގެ ރަށެއްގައި ޒުވާނެއްގެ ބޮލަށް ހެރުނު ބުޅިއެއް ނެގުމަށް ތަފާތު އޮޕަރޭޝަނެއް ކޮށްފިއެވެ.

Ads by MWSC

ޝޯޝަލް މީޑިިޔާގައި ދައުރު ވަމުން އަންނަ ވީޑިއޯގައި ފެންނަ ގޮތުން ޒުވާނާގެ ބޮލަށް ހެރިފައި އިނީ 3 ބުޅި އެއްކޮށްފައި އިން ބޮޑު ބުޅިއެއްގެ އެއްބުޅިއެވެ. އެބުޅި ނެއްޓުމަށްޓަކައި ބޭނުން ކުރީ ބޮޑު "ވަޔަރ ކަޓަރ" އެކެވެ.

ވީޑިއޯއިން ފެންނަގޮތުގައި ތިން ފޫޓުވަރުގެ ބޮޑު ވަޔަރ ކަޓަރ ކޮނޑަށްލައިގެން މެދު އުމުރުގެ ފިރިހެނަކު ސިއްހީ މަރުކަޒަށް ވަންނަ ތަނެވެ. އޭރު ބޮލަށް ހެރިފައި އިން ބުޅި ނަގަން، ނަރުހުންނާއި ބިދޭސީ އަންހެން ޑޮކްޓަރަކު މަސައްކަތްކުރެއެވެ. އެހެންނަމަވެސް އެބުޅި ނެގޭނެ ގޮތެއް ނުވެއެވެ.

ބުޅި ނެއްޓުމަށް ކުރި ތަފާތު އޮޕަރޭޝަނުގައި ޒުވާނާގެ ބޮލަށް ހެރިފައިވާ ބުޅި ބުރިކޮށްލައެވެ. އަދި ބުޅި ބުރިކޮށްލުމާއެކު ފަސޭހަކަމާއެކު އެބުޅި ނައްޓާލާތަން ވީޑިއޯއިން ފެނެއެވެ. އަދި މި އޮޕަރޭޝަނަށް ފަހު ވަޔަރ ކަޓަރ ބޭނުން ކުރި މީހާ ކުރެން "މިފަދަ ކަމެއް ކުރެވުނީމަ ކުރެވެނީ ކޮންކަހަލަ އިހުސާސެއް" ތޯ އަހައި ސުވާލު ކުރާ އަޑު އިވެއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!